ޑިޖިޓަލް އެސެޓްތަކާ ބެހޭ ބައިނަލްއަގުވާމީ ކައުންސިލް އުފެއްދުމުގެ އެއްބަސްވުމުގައި ޖަނާހުގެ ކުންފުނިން ސޮއިކޮށްފި

ދުނިޔޭގެ މޫސުމީ ބަދަލުތަކާ ގުޅޭ މާލީ ކަންކަމާއި ޑިޖިޓަލް އެސެޓްތަކާ ބެހޭ ކައުންސިލް "ވޯލްޑް ކްލައިމެޓް ފައިނޭންސް އެންޑް ޑިޖިޓަލް އެސެޓްސް ކައުންސިލް" (ޑަބްލއުސީއެފްޑީއޭސީ) ރަސްމީކޮށް އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖޮއިންޓް ފައުންޑިން އިނީޝިއޭޓިވްގައި ދިވެހި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ކުންފުނިން ސޮއިކޮށްފި އެވެ.
މި ކައުންސިލް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވޯލްޑް ސަމިޓް އޮން ދަ އިންފޮމޭޝަން ސޮސައިޓީ (ޑަބްލިއުއެސްއައިއެސް) 2026 ގެ ރަސްމީ ސަބް އިވެންޓެއްގެ ތެރެއިން، ސްވިޒަލޭންޑުގެ ޖެނީވާގައި ހުންނަ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގެ މައި މަރުކަޒުގަ އެވެ.
Yes Maldives Pvt Ltd
THE BAKERS PVT LTD
MU STORE
EE YU PRIVATE LIMITED
MGH Group of Companies
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދާއިރާގެ މާހިރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަކީ މޫސުމީ ބަދަުތަކަށް ހޭދަކުރެވޭ މާލީ ވަސީލަތްތަކާއި ޑިޖިޓަލް އެސެޓުތަކުގެ އިތުރުން ކާބަން މާކެޓުތަކުގެ މެދުގައި އޮތް ގުޅުން ހަރުދަނާ ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ޖަނާހު ވިދާޅުވި އެވެ. އޭނާ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޭނާގެ އާއިލީ ކުންފުނި، ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމެންޓްސް އެލްއެލްސީގެ ފަރާތުންނެވެ.
އަލަށް އުފެއްދާ މި ކައުންސިލްގެ މައިގަނޑު މަގުސަދަކީ މޫސުމީ މާލީ ކަންކަން މިހާރަށްވުރެ ދެ ފުށް ފެންނަ، އަމަލީ ގޮތުން ތަންފީޒުކުރެވޭ އަދި މުޅި ދުނިޔެއަށް ފަސޭހައިން އަތްފޯރާ ފަދަ ނިޒާމަކަށް ހެދުމެވެ.
ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އިންވެސްޓްމަންޓްގެ އާ މަގުތައް ފަހިކޮށްދިނުމާއި، ބްލޫ ކާބަން ނުވަތަ ކަނޑުގެ މާހައުލުން ކާބަން މަދުކުރުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް މި ކައުންސިލުން ބާރުއަޅާނެ އެވެ.
މި ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށެވެ. މީގެ ތެރޭގައި ބްލޮކްޗެއިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކާބަން ކްރެޑިޓް މުއާމަލާތްތައް ހިންގުމާއި، ތިމާވެށީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ދިމާވާ ހުރަސްތައް ނައްތާލުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ