ސަރުކާރު މަދިރިއެއްގެ ދަށުވެފައިވާ ކަމަށް ބުނުމުން، ނަމްރޫދު ފަދައިން ކޮންމެ މީހަކު ވެސް މަދިރިއެއްގެ ދަށުވެދާނެ ކަމަށް ރިޔާސަތުން ބުނެފި

މަދިރިއަކާ ހެދި މި ސަރުކާރު ހުއްޓިފައިވާ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު، ހުސެއިން ސަމީރު ވިދާޅުވި ވާހަކައަށް ރައްދުދެއްވައި، ނަމްދޫދު ރަސްގެފާނު ފަދައިން ކޮންމެ މީހަކު ވެސް މަދިރިއެއްގެ އަތްދަށު ވެދާނެ ކަމަށް މަޖިލީހުގެ ނައިބުރައީސް، އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު، ގީލާ އަލީ އާ ސުވާލުކުރައްވަމުން ތޮއްޑޫ ދާއިރާގެ މެންބަރު ވިދާޅުވީ އޭނާގެ ދާއިރާގައި ހިމެނޭ ރަސްދޫގައި ހޮސްޕިޓަލް އެޅުމަށްޓަކައި ކޮނެފައި ހުރި ވަޅުތަކުގައި މަދިރި އާލާ ވާތީ އެ ވަޅުތަކަށް މިހާރު ފަސްއަޅާފައިވާ ކަމަށެވެ.
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
EE YU PRIVATE LIMITED
MGH Group of Companies
"އަޅުގަނޑުމެންނަށް މިއަދު މި ފެނުނީ އެ ވަޅުގަނޑުތައް ބައްދާލިތަން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަދިރިއަކަށްވުރެ ބަލިވި މި ސަރުކާރުން، މަދިރިއަކާ ހެދި ހުއްޓާލައިފައި އޮތް ސަރުކާރުން، ހޮސްޕިޓަލް ހުއްޓާލާފައި އޮތް ސަރުކާރުން ދެން އެ ޕްރޮޖެކްޓު ފަށާނީ ކޮން ތާރީހެއްގައިތޯ؟" ސަމީރު ސުވާލުކުރެއްވި އެވެ.
ސަމީރުގެ އެ ސުވާލަށް ރައްދުދެއްވައި މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި، ސަލީމް ވިދާޅުވީ މާތްﷲ ބާރުވެރިކަން ދެއްވި ހަތަރު މީހުންގެ ތެރެއިން، ނަމްރޫދު ރަސްގެފާނު ވެސް މަރުވީ މަދިރިއެއްގެ ސަބަބުން ކަމަށެވެ.
"ނަމްރޫދު މަރުވާން ދިމާވީ މަދިރިއެއްގެ ސަބަބުން، އާރާއި ބާރު ހުރި މީހެއް އިނގޭތޯ؟ އެހެންވީމާ މަދިރިއެއްގެ އަތްދަށު ކޮންމެ މީހަކު ވެސް ވެދާނެ،" ސަލީމް ވިދާޅުވި އެވެ.
ތާރީހުން މިސާލުަދައްކަވައި ސަލީމް ވިދާޅުވީ އެ ކަންކަމާމެދު ވިސްނަންޖެހޭނެ ކަމަށާއި ކޮންމެ ކަމެއް ވެސް ދިމާވުމަކީ ހަމަ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއަދު އޮތް ޖަލްސާގައި ސަމީރު ކުރެއްވި ސުވާލާ ބެހޭގޮތުން އިތުރު މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް ރަސްދޫގައި ހޮސްޕިޓަލެއް އެޅުމަށް ކަމަށްބުނެ ވަޅުތަކެއް ކޮނުނު ކަމަށެވެ. ނަމަވެސް، އޭގެ ފަހުން އެއްވެސް މަސައްކަތެއް ނުކޮށް ހުއްޓާލައިފައި އޮތުމުގެ ސަބަބުން އެތަނުގައި މަދިރި އާލާވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސައްކަތް ނުކޮށް އޮތީމާ އެ ވަޅުގަނޑުތަކުގައި ފެން ހެދިގެން މަދިރި އާލާވެ ޑެންގޫ ކަހަލަ ބަލިތައް ފެތުރެން ފެށީމާ އެންމެފަހުން މިނިސްޓަރު މަޖިލީހަށް އައި ދުވަހު އެކަމާ ބެހޭގޮތުން ސުވާލުކުރީ. ކުރީމާ މި ކުރި ކަމަކީ އެ ތަންތަނަށް ފަސް އަޅާލީ. އެހެންވެ ސުވާލުކުރީ ހޮސްޕިޓަލުގެ މަސައްކަތް ދެން ފަށާނީ ކޮންއިރަކުތޯ،" ސަމީރު ވިދާޅުވި އެވެ.
ސަމީރުގެ އެ ސުވާލުގެ ޖަވާބުގައި، އެ ހޮސްޕިޓަލުގެ މަސައްކަތް ފަށާނެ ތާރީހެއް ގީލާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ ސަރުކާރަށް މުހިންމީ ރައްޔިތުންގެ ސިއްހަތު ކަމަށާއި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަނެއްކާ ވެސް ކުރެވިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ