ބޮޑު އަގުގައި ބަނދެގެން ގެނައި ސޯލާ ފެރީ އަދިވެސް ކޮޅުވެއްޓީގައި

އިންޑިއާގެ އެންމެ ބޮޑު ސޯލާ އިލެކްޓްރިކް ބޯޓް މެނުފެކްޗަރުން ކަމަށްވާ ނަވަލްޓް އިން ރާއްޖޭގައި ބޭނުންކުރުމަށް އުފެއްދި ސޯލާ ފެރީ ރާއްޖޭ ގެނައި ގޮތަށް ކޮޅުވެއްޓިން ނުބާލައި އޮންނަތާ އެތައް މަހެއް ފާއިތުވެއްޖެ އެވެ. 
މިއީ 2022 ވަނަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން އޯޑަރު ކުރީ ފެރީއެކެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެ ފެރީ ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެަސް އެ ފެރީ ރާއްޖެ ގެނެވުނީ މި އަހަރުގެ ތެރޭގަ އެވެ. 
MGH Group of Companies
EE YU PRIVATE LIMITED
MU STORE
THE BAKERS PVT LTD
MGH Group of Companies
މިދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ސަރުކާރުން ވަނީ އެ ފެރީގެ އަޖުމަ ބެލުމުގެ ކަންކަން ވަރަށް އަވަހަށް ފަށާނެކަން ހާމަކޮށްފަ އެވެ. ނަމަވެސް، އެތައް މަހެއް ފާއިތުވެގެންދިޔައިރު އަދިވެސް އެ ފެރީ އޮތީ ކޮޅުވެއްޓިއެއްގަ އެވެ. 
"އެޕޯލޯ" ގެ ނަމުން ނަން ދީފައިވާ އެ ސޯލާ ފެރީއަކީ ރާއްޖޭގެ މާހައުލަށް ހާއްސަކޮށް ބަނދެފައިވާ ފެރީއެކެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ފެރީ ކަނޑަށް ބާލައި ދަތުރެއް ކޮށްފައި ނުވެ އެވެ. 
އެ ސޯލާ ފެރީގައި 50 ކިލޯވޮޓްގެ މަންޓާ ޑީއެންވީ އެޕްރޫވްޑް އެލްއެފްޕީ ބެޓަރީ ޕެކާ އެކު 40 ކިލޯވޮޓްގެ އިންބޯޑް އިލެކްޓްރިކް މޮޓޯސް ހަރުކޮށްފައި ހުރެ އެވެ. އަދި 25 ކިލޯވޮޓްގެ ސޯލާ ޕެނަލްއެއް ފެރީގެ މަތީގައި ހަރުކޮށްފައި ހުރެ އެވެ.
ފިނޭންސް މިނިސްޓްރީން އޯޑަރު ދީގެން ބަންނަ އެ ސޯލާ ފެރީއަށް 577,039 ޑޮލަރު ހަރަދުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ބޯޓުގެ ދިގު މިނުގައި 26 މީޓަރު ހުންނައިރު، ފުޅާ މިނުގައި ހުންނަނީ ހަތް މީޓަރެވެ.
މިއީ ރާއްޖޭގައި ބޭނުންކުރަން އުފެއްދި މިފަދަ ފުރަތަމަ ސޯލާ ފެރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ