ސްޓޮކު ނެތިގެން އީ-ޕާސްޕޯޓު ދޫކުރުން ހުއްޓާލާފައި އޮންނަތާ ދެ މަސްދުވަސް!

ޕާސްޕޯޓު ޕްރިންޓުުކުރުމަށް ބޭނުންކުރާ ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ހުސްވެގެން އީ-ޕާސްޕޯޓު ދޫކުރުން ހުއްޓާލައިފައި އޮންނަތާ ދެ މަސްދުވަސް ފާއިތުވެއްޖެ އެވެ.
އީ-ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންވާ ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ރާއްޖެއިން ހުސްވެގެން އީ-ޕާސްޕޯޓު ދޫކުރުން ހުއްޓާލީ މެއި 8، 2026 ގަ އެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި އީ-ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންވާ ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ނުލިބި ލަސްވަނީ އެއަށްވާ ފައިސާ ނުދައްކައިގެންނެވެ.
Yes Maldives Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
MU STORE
MGH Group of Companies
އީ-ޕާސްޕޯޓު ޕްރިންޓުކުރާ ބުކްލެޓު ހުސްވުމުގެ ސަބަބުން، އިމިގްރޭޝަނުން މިހާރު ހުރިހާ އެންމެންނަށް ވެސް ދޫކުރަމުން ދަނީ އާދައިގެ ނޮން-އިލެކްޓްރިކް ޕާސްޕޯޓެވެ. 
އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި، އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ހިދުމަތް ބޭނުންކުރެވޭ އެއްޗެކެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެ އެވެ.
މިއީ، ރާއްޖެއިން އީ-ޕާސްޕޯޓު ޕްރިންޓުކުރާ ބުކްލެޓު ހުސްވެގެން އީ-ޕާސްޕޯޓު ދޫކުރުން މެދުކެނޑުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2024 ގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން، އީ-ޕާސްޕޯޓު ދޫކުރުން އިމިގްރޭޝަނުން ހުއްޓާލައިފައި އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ