ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތައް ފެތުރުމަށް ހިތްވަރު ނުދިނުމަކީ ހޭޓް ސްޕީޗް ފެތުރުން ނޫން ކަމަށާއި އަދި އިސްލާލް ދީން ނޫން އެހެން ދީނެއް ރާއްޖޭގައި ފެތުރުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝަރީފު ވިދާޅުވީ ސެކިއުލާ ވިސްނުމާއި އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ހައްދު ފަހަނައަޅާފައިވާ ކަންކަމަށް ދެކޮޅު ހެދުމަކީ ހޭޓްސްޕީޗް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހޭޓް ސްޕީޗް އުފައްދަނީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށާއި އިސްލާމް ދީނުގައި ހޭޓް ސްޕީޗް ހުއްދަ ނޫން ކަމަށެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ދީނީ ގޮތުން ހިޔާލުތަފާތުވުން އުފެދޭ މައްސަލަތަކާ ގުޅުވައިގެންނާއި، ހަރުކަށި ފިކުރާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފެއިލްކޮށްލުމަށް ބަޔަކު ދޮގު ހަދައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ބުނެ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ބަޔާނެއް ނެރެފަިއވާ ދަނޑިވަޅެއްގައެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި ވަކާލާތުކުރާ އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ގާނޫނު އަސާސީއާއި އެއްގޮތަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެފައެވެ. އަދި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް ބައިބައިވުން އުފެއްދުން ހުއްޓާލުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ. އެމްޑީޕީން ބުނެފައިވަނީ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ކުށްވެރިކުރާ ކަމަށެވެ.
މި މައްސަލައިގައި ބަޔާނެއް ނެރެ އެމްޑީޕީން ބުނެފައިވަނީ ގައުމުގައި ފިތުނަ އުފައްދާ، ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަށް އަޅާނުލެވިއްޖެ ނަމަ ގައުމުގައި ބައިބައިވުން އުފެދި އަމާންކަމާއި ސަލާމަތަށް ނުރައްކާވާ ދަރަޖައަށް ގޮސްދާނެ ކަަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މުޖްތަމައުގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ބަޔަކު ރާވައިގެން ތަފާތު ދެ މައުޟޫއެއްގައި ވާހަކަ ދައްކަމުން އަންނަ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެގޮތުން އެއް މައުޟޫއަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ހިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ހިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތައް ގެ ގޮތުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ހިތްވަރު ނުދިނުމަކީ ހޭޓް ސްޕީޗެއް ފެތުރުމެއް ނޫން: އާދަމް ޝަރީފް އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ