މީރާގެ ކުޑަކުދިންގެ ހަވީރު މާދަމާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "ޓެކްސް ވީކް" އާއި މިނިވަން 50 ގެ މުނާސަބަތާ ގުޅުވައި ކުޑަކުދިންގެ ހަވީރެއް މާދަމާ ބާއްވަން ނިންމައިިފި އެވެ.
މީރާގެ ކުޑަކުދިންގެ ހަވީރު އޮންނާނީ މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކުޑަކުދިންގެ ބަގީޗާގަ އެވެ. 
އެ އޮތޯރިޓީން ބުނީ މާދަމާ ބާއްވާ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ކުރިޔަށް ގެންދާނެ ކަމަށާއި އޭގެ އިތުރުން ހުނަރު ދައްކާ ޝޯތަކާއި ސެލްފީ ނެގުމާއި ފޭސް  ޕެއިންޓް، މިއުޒިކަލް ޗެއާ އާއި ދަޅު ވައްޓާ، ފުޓުބޯޅަ ފަދަ ކުޅިވަރުތައް ކުރިޔަށް ގެންދާނެ ކަމަށެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ