މިނިވަން ދުވަހުގެ ޖަލްސާގެ ޝަރަފުވެރި މެހުމާނަކަށް މޯދީ ހަދާތީ ސަލަފުގެ ރައީސް ފާޑުކިޔައިފި މިނިވަން ދުވަހުގެ ޖަލްސާގެ ޝަރަފުވެރި މެހުމާނަކަށް މޯދީ ހަދާތީ ސަލަފުގެ ރައީސް ފާޑުކިޔައިފި

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ހޮނިހިރު ދުވަހު ބާއްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަމަޖެއްސުމަކީ މުސީބާތެއް ކަމަށް ބުނެ ޖަމިއްޔަތުއް ސަލަފުގެ ރައީސް އަބްދުﷲ އިބްރާހިމް ފާޑު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓުގައި، މުސްލިމުންނަށް ގިނަ އަނިޔާތަކެއް ދީފައިވާ ޓެރަރިސްޓެއްގެ ގޮތުގައި މޯދީ ސިފަކުރައްވައި، އޭނާއަށް މި ރާއްޖޭގެ ކަންކަމުގެ ޝަރަފު ދިނުމަކީ ކަންބޮޑުވުމެއް ކަމުގައި ވަނީ ފާހަގަކުރައްވަ އެވެ.
އަބްދުﷲ އަކީ ރައީސްގެ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދުގެ ބޭބެ އެވެ.
ސަލަފުގެ ރައީސް އަބްދުﷲ -- ފޮޓޯ: އަވަސް
"މޯދީ އަކީ އިސްލާމުންގެ ބޮޑު އަދާވާތްތެރިއެއް، ބާބަރީ މިސްކިތް ތަޅައި އެތާ ފައްޅިއަޅައި، މުސްލިމުންގެ ދުވަސްވީ ބިންތައް ފޭރެމުންގެންދާ، އެތައް މުސްލިމުންނެއް އަންދާލައި، އަހުމަދުއާބާދު ގަބުރުސްތާނަށް ހެދި ޓެރަރިސްޓެއް. މިރާއްޖޭގެ ކަންކަމުގެ ޝަރަފު އޭނާއަށް ދިނުމަކީ ބޮޑު މުސީބާތެއް!" އަބްދުﷲ ވިދާޅުވެފައިވެ އެވެ.
"މިރާއްޖޭގެ ކަންކަމުގެ ޝަރަފު އޭނާއަށް ދިނުމަކީ ބޮޑު މުސީބާތެއް. ދާއިމީކޮށް ކުރާ ހެޔޮކަންކަމުގެ ނިޔަތްވެސް ތާޒާކުރުމަކީ ވަރަށް މުހިއްމުކަމެއް. އެއްޗެހި ބާވެ، ދާވާ ފަދައިން ނިޔަތްވެސް ދާވާ، ބާވާ ތަން އާދެ."
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާތަކުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޭގެ އިތުރުން، މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފާ މިންވަރާ ގުޅޭ ގޮތުން މޯދީ އާއި ރައީސް މުހައްމަދު މުއިއްޒުއާ ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ