މާފަރަށް އިންޓަރނޭޝަނަލް 3000 ފްލައިޓް އޮޕަރޭޓްކުރީ ވަގަށް!!

2017 ގައި މަސައްކަތް ފަށައިގެން ރަނގަޅަށް ނުވެސް ނިމެނީސް މާފަރު އެއަރޕޯޓަށް 2018ގެ އޮގަސްޓް މަހުގެ 14 ގައި ޓެސްޓް ފްލައިޓް ޖައްސާ 28 އޮގަސްޓް 2018ގައި އެ އެއަރޕޯޓުން އުދުހުންވަނީ ފައްޓާފައެވެ. މާފަރު އެއަރޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ބައިނަލްއަގުވާމީ ފެންވަރަށް ނިންމާ  އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ރަސްމީކޮށް ހުޅުވާ ހިދުމަތް ދޭންފެށީ 01 ޑިސެމްބަރ 2019ގައެވެ. 
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ 2019 ވަނަ އަހަރުގެ 01 ޑިސެމްބަރުން ފެށިގެން މެދު ކެނޑުމެއްނެތި ހިނގަމުން އަންނަ އިންޓަނޭޝަނަލް އެއަރޕޯޓެކެވެ. ބައިނަލްއަގުވާމީ ފެންވަރުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް 01 ޑިސެމްބަރ 2019 ގައި ހުޅުވީއްސުރެ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މާފަރު އެއާޕޯޓަށް 9000 ފްލައިޓް އޮޕަރޭޓްކޮށް 250000 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. މާފަރު އިންޓަނޭޝަލް އެއަރޕޯޓަށް އޮަރޭޓްކުރި މިދެންނެވި 9000 ފްލައިޓްގެ ތެރެއިން 3000 އަށްވުރެ ގިނަ ފްލައީޓަކީ އިންޓަނޭޝަނަލް ފްލައިޓެވެ. އަޅެފަހެ އެ 3000 ފްލައިޓަކީ މާފަރު އެއަރޕޯޓް އިންޓަނޭޝަނަލް އެއަރޕޯޓަކަށް ނުވެ އޮއްވާ ވަގަށް އޮޕަރޭޓްކުރި ފްލައިޓް ތަކަކީ ހެއްޔެވެ. 
އިންޓަނޭޝަނަލް ފްލައިޓްސް:މާފަރު 2019
މުއިއްޒު ސަރުކާރުން މިއުޅެނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. ކޮންމެ ކަހަލަ ހިދުމަތަކަސް ފުރުސަތު ލިބޭވަރަކުން ހިދުމަތުގެ ފެންވަރު މަތިކޮށް އަޕްގްރޭޑް ކުރުމަކީ ހިދުމަތް ދިނުމުގެ ތޮބީއަތެވެ. 2019ގައި ހުޅުވި އިރަށްވުރެ މާފަރު އެއަރޕޯޓްގެ ހިދުމަތް ފުޅާކޮށް ބޮޑުކުރަން ޖެހުމުން ކުރިއަށްވުރެ އޭޕްރަން ދިގުކޮށްލާ ތަނަވަސް ކޮށްލުމަކީ އެއަރޕޯޓްގެ ބައިނަލްއަގުވާމީ ވަންތަކަން ގެއްލި އަލުން އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ހުޅުވަންޖެހޭ ކަމެއް ނޫނެވެ. މާފަރު އެއަރޕޯޓްގެ ތާރީހު އޮޅުވާލުމަކީވީ ބޮޑު ހިޔާނާތެކެވެ. 
ރާއްޖެ ފެށުނީ މުއިއްޒާ ހަމަޔަކުން ނޫނެވެ. މުއިއްޒުވެރި ކަމުގައި އަލަށްކުރެވުނު އެއްކަމެއްނެތި ގައުމުގާ ހިނގާ ކޮންމެ މޮޅު ރަނގަޅުކަމެއްގެ މެޑެލްޖަހަން މުއިއްޒު މިހުންނަނީ މާވަރެކެވެ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ބައިނަލް އަގުވާމީ ފެންވަރުގައި މުއިއްޒު ސަރުކާރުން 8 ޖުލައި 2025 ހުޅުވިހެން ހުޅުވާނެ ލައްކަތަންތަން އެބަހުއްޓެވެ. 
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ވެސް ވާނީ ބައިނަލްއަގުވާމީ ފެންވަރުގައި އަނެއްކާވެސް ހުޅުވާށެވެ. މުލިއާގެ އާއި ރައީސް އޮފީސް ވެސް މިސަރުކާރުން އަލުން ނުހުޅުވައެއް ނުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ