އއ.ތޮއްޑޫގެ އިންޑޯރ ބެޑްމިންޓަން ހޯލް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އއ.ތޮއްޑޫގައި އިމަރާތްކުރުމަށް ހަމަޖެހިފައިވަ އިންޑޯރ ބެޑްމިންޓަން ހޯލްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ތޮއްޑޫގައި ތަރައްގީކުރާ އިންޑޯރ ބެޑްމިންޓަން ހޯލްގެ
ބިންގާ އަޅާފައިވަނީ މިއަދު އެރަށަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިންޑޯރ ބެޑްމިންޓަން
ހޯލްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު
ޢަބްދުﷲ ރާފިއުއެވެ. ބިންގާ އެޅުމުގައި ވަޒީރައެކު ކޯޕަރޭޝަންގެ މެނޭޖިން
ޑިރެކްޓަރ އިބްރާހިމް ނަޒީމް އާއި މާޅޮހު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެ
ވަޑައިގެންނެވިއެވެ.
ތޮއްޑޫގައި ތަރައްގީކުރާ އިންޑޯރ ބެޑްމިންޓަން ހޯލް އަކީ އާރްޑީސީއާ ހަވާލުކޮއްގެން ކުރިއަށް ގެންދާ
މަޝްރޫއެކެވެ. އާރުޑީސީން ގެންދަނީ ރަށްރަށުގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި މަގުތައް ހެދުމާއި، ކުޅިވަރު ދަނޑުތައް ތަރައްޤީކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ