ކ. ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން: އެމްޑީޕީގެ ޓިކެޓު ޕާޓީގެ ދާއިރާ ރައީސް ޝާޒްއަށް!

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ބައި އިލެކްޝަން، އެ ދައިރާގެ އެމްޑީޕީގެ ރައީސް ޝާޒް، ފައިވްރޯޒް  ކ ގުރައިދޫ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފި އެވެ.
އެމްޑީޕީގެ ގުރައިދޫ ދާއިރާ ބައި އިލެކްޝަން ޕްރައިމަރީ ވޯޓްލުން ކުރިއަށް ގެންދިޔައީ ހަވީރު 17:00 އާއި ހަމައަށެވެ.
ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ހަތަރު ކެންޑިޑޭޓަކު ވާދަކުރި އެވެ.  އެއީ:
މުހައްމަދު މުސްތަފާ  ވިވިޑް  ކ މާފުށި
ސަލްމާން ރަޝީދު  މާފަރިވާގެ ކ މާފުށި
ޝާޒް، ފައިވްރޯޒް  ކ ގުރައިދޫ
އަބްދުﷲ ސައީދު  ވެލި  / ކ މާފުށި
ޝާޒްއަށް އިންތިހާބުގައި 311 ވޯޓު ލިބުނެވެ. އޭނާއާއި އެންމެ ގާތުން ވާދަ ކުރި ސަލްމާން ރަޝީދަށް ލިބިފައި ވަނީ 190 ވޯޓުކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ. މި އިންތިހާބުގައި މުހައްމަދު މުސްތަފާއަށް ލިބުނީ 66 ވޯޓެވެ. އަދި އަބްދުﷲ ސައީދަށް ލިބިފައި ވަނީ 15 ވޯޓެވެ.
އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 800 އަށް ވުރެ ގިނަ މީހުންނަށް ލިބިގެން ވީނަމަވެސް، ވޯޓުލާން ނިކުތީ 590 މީހުންކަމަށް ނަތީޖާ ޝީޓުން ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ