އެއާޕޯޓު ތަރައްގީކުރަން ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށާއި، އެއާޕޯޓުގެ ކާގޯ ހިދުމަތްތައް ތަރައްގީކުރުމަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އެސްއެފްޑީ)އިން ރާއްޖެއަށް އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދީފި އެވެ.ރައީސް މުހައްމަދު މުއިއްޒުއާ އެކު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، 63.7 މިލިއަން ސައުދީ ރިޔާލު ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ:ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުތިން ދުވަހުގެ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި ސައުދީ ފަންޑުގެ ސީއީއޯ ސުލްތޯން އަބްދުއްރަހުމާން އަލްމުރްޝަދުމި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު ވިދާޅުވީ، ފަންޑާއި ރާއްޖެއާ ދެމެދު ތަރައްގީގެ ބަދަހި ގުޅުމެއް މީގެ 47 އަހަރުކުރިން ފެށުނު ކަމަށެވެ.އެގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އެންމެ ފުރަތަަމަ 1978ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ ކުރުމަށް ދިން ލޯނާއެކު އެއާޕޯޓު ތަރައްގީކުރުމަށް ހަތް ފަހަރެއްގެ މަތިން 240 މިލިއަނެއްހައި ޑޮލަރުގެ އެހީ ފަންޑުން ރާއްޖެއަށް ދީފައިވާކަމަށް ވިދާޅުވި އެވެ.އަދި މިއަދު އިތުރަށްދޭ ލޯނާއެކު އެއާޕޯޓު ކެޕޭސިޓީ ހަތް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރަށް ތަރައްގީކުރުމާއި، ކާގޯ ހިދުމަތް ތަރައްގީކުރުމާއި، ނިންމަން ޖެހޭ ފަހުގެ މުހިންމު މަސައްކަތްތައް ނިންމަން އިތުރު އެހީއަކަށް ވާނެކަމަށް ފާހަގަކުރެއްވި އެވެ.މީގެ އިތުރުން އޭނާ ވިދާޅުވީ، ގާތްގަނޑަކަށް ޖުމްލަ 488 މިލިއަން އެމެރިކާ ޑޮލަރު އެ ފަންޑުން ރާއްޖެއަށް ތަރައްގީގެ މަޝްރޫއުތަކަށް ދޫކޮށްފައިވާކަމަށާއި އޭގެ ތެރޭ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމާއި، ސިއްހީ ހިދުމަތްތަައް ގާއިމްކުރުން ހިމެނޭކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ