އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މި މަހު 17ގައި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 20:30ގައި ބާއްވަން ނިންމައިފިއެވެ. އެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރައިގެ 'އަރި' ބޯލްރޫމްގައެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ހިއްސާދާރުންނަށް ފަހި ވޯޓު މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ އޭޕްރިލް މަހުގެ 27ގެ ނިޔަލަށް އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި, އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހުރިހާ ހިއްސާދާރުން މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 20:30ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ޖަލްސާގައި ކުރިއަށްގެންދަން އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި: 2023 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅައި ފާސްކުރުން މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރުން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުން މި އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރު ހޮވައި، އެފަރާތަށް އުޖޫރަ ކަނޑައެޅުން މީގެ އިތުރުން ހިއްސާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބުދިނުން ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ