އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)އިން އައިނު ވިއްކުމުގެ ވިޔަފާރި ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މި ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިއަދު ދެއްކި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އައިނަށް އާސަންދައިން ދޫކުރާ މިންވަރު ބޮޑު ކުރުމުގެ އިތުރުން، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނެ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި، ބުރާސްފަތި ދުވަހުގެ ރޭ ރައީސް ވަނީ މާދަމާއިން ފެށިގެން، އައިނު ހައްދަން އާސަންދައިން ދޭ ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.
“މި ޖެއްސި އަގު 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން،” ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ނަމްބަރު އައިނު ހެއްދުމަށްޓަކައި އާސަންދައިން ކުޑަ އަގެއް ދޭ މައްސަލަ އާއި އަގު ބޮޑު މައްސަލަ ރިޔާސީ ކެމްޕެއިންގައި ވެސް އެ މަނިކުފާނަށް ވަރަށް ގިނަ މީހުން ޝަކުވާއެއްގެ ގޮތުގައި ހުށަހެޅި ކަމަށެވެ. އެހެންވެ، މިދިޔަ ދުވަސްތަކުގައި އެ ކަންކަން ދިރާސާކޮށް، ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރަން ނިންމެވީ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަށް ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ ފިލުވާލުން ކަމަށާއި އެ މަނިކުފާނަށް މުހިންމީ ރައްޔިތުންގެ ސިއްހަތު ކަމަށެވެ.
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި ޖަލު ނޫން އަދަބުތައް ތަންފީޒުކުރަން އައްޑޫ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއް ދުންފަތާއި ދެކޮޅަށް ކުރާ މަސައްކަތަށް ޑަބްލިޔުއެޗްއޯއިން ޚާއްސަ އެވޯޑެއް ރައީސަށް އަރުވައިފި ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި ކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ