މާލޭ ކެފޭއެއް ތެރޭ ބިދޭސީންތަކެއްގެ މެދުގައި މިއަދު މަރާމާރީއެއް ހިންގައިފި އެވެ.
ވީ ކިހިނެއް؟ - މާވެޔޮ މަގުގައި ހުންނަ ކެފޭއެއް ތެރޭ މާރާމާރީ ހިންގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 12:10 ހާއިރު އެވެ.
މި މާރާމާރީ ހިންގީ ކޮން ގައުމެއްގެ ބައެއްގެ މެދުގައި ކަމެއް އަދި ސާފެއް ނުވެ އެވެ.
ތަފްސީލު - މާރާމާރީއަށް ފަހު، އެ ތަނުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑީއޯ އިން ފެންނަ ގޮތުގައި:
މާރާމާރީގެ ސަބަބުން ބިދޭސީ ފިރިހެނަކު ވަރަށް ބޮޑަށް ޒަހަމްވެފައިވޭ
އޭނާ ލައިގެން ހުރި ޓީޝާޓުގެ އިތުރުން، އޭނާގެ އަތް އަދި ބިންމަތީގައި ވެސް ބައިވަރު ލޭ ހުރި
އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބޭ
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އަނިޔާވި ބިދޭސީ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭ ކެފޭއެއް ތެރޭ ބިދޭސީންތަކެއް މާރާމާރީ ހިންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ