އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗުގައި ބާއްވަނީ

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހު ބާއްވާއިރު، މި ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 18ގެ މެންދުރު ފަހު 2ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ތަފްސީލް - އުރީދޫން ބުނީ އަންނަ މާޗު މަހު ބާއްވާ ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މި މަހު22ގައި އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށެވެ. މި ނޯޓިސް މެދުވެރިކޮށް ޖަލްސާ ބާއްވާނެ ތާރީހާއި ގަޑި އާއި ތަނާއި އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު ވެސް އާންމު ކުރާނެ އެވެ.
އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް މި އާންމު ޖަލަސާގައި ބައިވެރިވެގެން ވެސް، ފާސްކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓު ދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ