އައްޑޫ ސިޓީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ކުޑަ ކުއްޖާ ދޫކޮށްލައި، ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ކައިރި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެ ސަރަހައްދުން ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާ ކޮށްފައި ހުއްޓާ ފެނުނީ ހޯމަ ދުވަހުގެ ރެ އެވެ. އަދި އެ ސަރަހައްދުން ފިލަން މަސައްކަތްކުރި ހަަތަރު މީހަކާއި ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސ. ހިތަދޫ، ވިޝަންޑްރީމް، ސަމާހު ތައުފީގް، 20 އާއި ސ. ހިތަދޫ، ގްރޭސް، މުހައްމަދު ޔައީޝް އަޒާދު، 19 އާއި ސ. ހިތަދޫ، ނޫތަރި، އަޝްރަފް މުހައްމަދު، 22 އަދި ސ. ހިތަދޫ، މެރީގާޑަން، އަލީ މާޒިން ހަސަން، 20 އެވެ.
މައްސަލައާ ގުޅިގެން ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ސަމާހް އާއި އަޝްރަފްގެ ބަންދަށް 15 ދުވަސް އަދި ޔައީޝް އާއި މާޒިންގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހައިފަ އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި 15 އަހަރުގެ ކުއްޖާގެ ވަނަވަރު ގާނޫނުގައި ބުނާ ގޮތުގެ މަތިން ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން ބުނީ އެ ކުއްޖާ މިހާރު އާއިލާއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހިތަދޫގައި މީހަކު ރަހީނުކުރުން: ކުޑަކުއްޖާ ދޫކޮށްލައި، ހަތަރު މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފި ހިތަދޫގައި މީހަކު ރަހީނުކުރުން: ކުޑަކުއްޖާ ދޫކޮށްލައި، ހަތަރު މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ