އިއްޔެ އެތައް ހާސް ބަޔަކު އެއްވި ޢީދު ހަވީރު މިއަދާއި މާދަމާ ވެސް ބާއްވަނީ

ފިތުރު ޢީދުގެ މުނާސަބަތުގައި އިއްޔެ ބޭއްވި ހަވީރު މިއަދާއި މާދަމާ ވެސް ބާއްވާނެ ކަމަށް އެ ހަރާކަތް އިސްވެ އިންތިޒާމުކުރާ އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. އާންމުންނަށް ހުޅުވާލައިގެން، ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި އިއްޔެ ގިނަ ހަރަކާތްތަކެއް ބޭއްވިއެވެ. އެ ހަރަކާތްތަކުގައި ބައިވެރިވެ، ޢީދުގެ އުފާފާޅުކުރަން އެތައް ހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވިއެވެ. އެގޮތުން، ސަލްޓަން ޕާކު ސަރަހައްދުގައި އާއި އިއްޒުއްދީން ފާލަން ސަރަހައްދުގައި ވެސް ގިނަ އާއިލާތަކެއް، ކުޑަކުދިންނާއެކު ގޮސް، ގޭމުތަކުގައި ބައިވެރިވެފައިވެއެވެ. އިއްޔެ ބޭއްވި ހަވީރުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު މާނިއު އެ ސަރަހައްދުތަކުގައި ކުޑަކުދިންނަށް ގޭމުތައް ކުޅުމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުފަހަރުތަކަށް އަރައި ބެލުމަށާއި، އެ އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިވެއެވެ. އެ ހަރަކާތްތަކާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މިއަދާއި މާދަމާގެ ހަވީރު 16:00 އިން 18:00އަށް ވެސް އެ ހަރަކާތްތައް ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒުގެ މާބަލް ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އިއްޔެ ބޭއްވި ހަވީރުގައި ކުޑަކުދިންތަކެއް ބައިވެރިވަނީ: މިއަދާ މާދަމާ ވެސް މި ހަރަކާތްތައް އޮންނާނެ ---- ސަން ފޮޓޯ/ އަހުމަދު މާނިއު އެ ހަރަކާތްތައް އިއްޔެ ބާއްވައިފައިވަނީ އެމްއެންޑީއެފުން އިސްވެ، ފުލުހުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވެސް ގުޅިގެންނެވެ. އެހެންވެ، އެ ކުންފުނިތަކުން ވެސް އެ ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް ބާއްވާފައިވެއެވެ. އޭގެ އިތުރުން، އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އާއިލާ ވެސް ވަނީ ސަލްޓަން ޕާކަށާއި ޖުމްހޫރީ މައިދާނަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. ރައީސް އޮފީހުން ވަނީ، ސަރުކާރުގެ އިސްނެގުމާ އެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށް ބުނެފައެވެ. އަދި، ޢީދު ފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ޚާއްޞަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށް ވެސް ބާރުއެޅޭނެ ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ