ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިއަ 06 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި އިއްޔެ މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ވަނީ ބަލައި ފާސްކުރެވިފައިވާ ކަމަށެވެ.
އަދި އެ 6 މީހުން ހައްޔަރު ކޮށްފައިވަނީ އެ ތަންތަނުން ކަމަށް ބުނެފައިވެއެވެ.
Advertisement
އިމިގްރޭޝަނުން އެ ތަންތަނުގެ ފޮޓޯ މީސް މީޑިއާގައި އާއްމުކޮށްފައިވާއިރު، އެތަންތަނުގައި ކާބޯތަކެތި ތައްޔާރު ކުރުމުގައި ސާފުތާހިރުކަމަށް އެއްވެސް އިސްކަމެއް ދީފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
މި ސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް، ވަރަށް ގިނަ ތަންތަން ބަލައި ފާސްކޮށް، ބިދޭސީން ޑިޕޯޓްކޮށް، އެމީހުން ގަވާއިދާ ޚިލާފަށް ހިންގަމުންއައި ވިޔަފާރިތައް ވަނީ ބަންދުކޮށްފައެވެ.
މިގޮތުން، މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ 5000 އަށްވުރެ ގިނަ ބިދޭސީން ޑިޕޯޓްކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.
މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ 4 ތަނަކުން ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ