ބާސެލޯނާ އާއި ޕީއެސްޖީ ފަސޭހަކަމާ އެކު ހަމަޖެހިލައިފި

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިއުމުގެ މަގު، ބާސެލޯނާ އާއި ޕީއެސްޖީން ފަސޭހަކޮށް ފުރަތަމަ ލެގުގެ މެޗު ތަފާތު ނަތީޖާއަކުން ރޭ ކާމިޔާބުކޮށްފި އެވެ.
މި ދެ ޓީމު ވެސް ކުޅުނީ އަމިއްލަ ދަނޑުގަ އެވެ. ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑްގެ މައްޗަށް ބާސެލޯނާއިން ހޯދީ 4-0ގެ ކާމިޔާބީއެކެވެ. ލަނޑުތައް ޖެހީ ރޮބަޓް ލެވަންޑޮވްސްކީ (ދެ ލަނޑު) އާއި ލަމީން ޔަމާލް އަދި ރަފީނިއާ އެވެ.
އިނގިރޭސި ވިލާތުގެ އެސްޓަން ވިލާގެ މައްޗަށް ޕީއެސްޖީން 3-1ގެ މޮޅެއް ހޯދުނީ ވިލާއިން ފުރަތަމަ ލަނޑު ޖަހައި ކުރި އަތުލާފައި އޮއްވަ އެވެ.
ދެ ލެގުގެ މައްޗަށް ބިނާވެފައިވާ ކްއާޓާ ފައިނަލްގައި މި ދެ ޓީމުގެފަހު ދެ މެޗު އޮންނާނީ އަންނަ ހަފުތާގަ އެވެ.
"މަތީ ފެންވަރުގެ ކުޅުންތެރިންނާ އެކު ކުޅެން އަހަރެން ވަރަށް ލޯބިކުރަން،" މެޗަށް ފަހު ވާހަކަ ދައްކަމުން ރަފީނިއާ ބުންޏެވެ.
"މިހާ ގިނަ ލަނޑު ޖެހުމަކީ ބޮޑު ކަމެއް. އުއްމީދަކީ މި ކުރިއެރުން މިގޮތަށް ދެމެހެއްޓުން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ