އިނގިރޭސިވިލާތުގެ ކޮލިޓީ އެޝުއަރެންސް އޭޖެންސީ ފޯ ހަޔަރ އެޑިއުކޭޝަނުން ދޭ އިންޓަރނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން ރާއްޖޭގެ ޤައުމީ ޔުނިވަސިޓީން ކާމިޔާބުކަމާއެކު ދަމަހައްޓައިފިއެވެ.
"އިންޓަރނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން" (އައި.ކިއު.އޭ) ގެ މިޑް-ސައިކަލް ރިވިއު އެމްއެންޔޫއިން ދަމަހައްޓާފައިވާއިރު، އެ ޔުނިވާސިޓީން ވަނީ 2023 ވަނަ އަހަރު ލިބުނު ބައިނަލްއަޤްވާމީ ދަރަޖަތައް ދަމަހައްޓާފައެވެ.
- އެކްރެޑިޓޭޝަންގެ
މުއްދަތު އިތުރުވުން: މި ރިވިއުއިން ފާސްވުމާ ގުޅިގެން، އެމް.އެން.ޔޫގެ
ބައިނަލްއަޤުވާމީ އެކްރެޑިޓޭޝަންގެ މުއްދަތު މިހާރު ވަނީ އޮކްޓޫބަރު 2028 ގެ
ނިޔަލަށް އިތުރުވެފަ
- ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތުން: މި
އެކްރެޑިޓޭޝަނަކީ ޔޫރަޕުގެ މަތީ ތަޢުލީމީ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް
ކަނޑައަޅާފައިވާ "ސްޓޭންޑަޑްސް އެންޑް
ގައިޑްލައިންސް ފޯ ކޮލިޓީ އެޝުއަރެންސް އިން ދަ ޔޫރަޕިއަން ހަޔަރ އެޑިއުކޭޝަން
އޭރިއާ" (އީ.އެސް.ޖީ)
މިންގަނޑުތަކަށް
ބިނާކޮށް ދެވޭ ދަރަޖައެކެވެ.
އެމްއެންޔޫއިން ބުނީ މި އެކްރެޑިޓޭޝަނަކީ
ފަސް އަހަރުގެ މުއްދަތަށް ދެވޭ އެކްރެޑިޓޭޝަނެއް ނަމަވެސް، އެ މުއްދަތުގެ
މެދުތެރެއިން ކުރިއަށްގެންދާ
"މިޑް-ސައިކަލް
ރިވިއު" އަކުން
ފާސްވާންޖެހެއެވެ. ކިއު.އޭ.އޭ ގެ ރިވިއު ޓީމުން ފާހަގަކޮށްފައިވާ
ގޮތުގައި، 2023 ވަނަ އަހަރު އެންމެ ފުރަތަމަ އެކްރެޑިޓޭޝަން ލިބުނު ފަހުން،
އެމް.އެން.ޔޫ އިން ވަނީ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ފާހަގަކޮށްލެވޭ ފަދަ
ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
މިކަމާ ގުޅޭގޮތުން ކިއު.އޭ.އޭ ގެ ހެޑް އޮފް އިންޓަރނޭޝަނަލް ކޮލިޓީ އެޝުއަރެންސް އެންޑް
އެންހާންސްމަންޓް، ޕިއަރސް ވޯލް ވިދާޅުވީ، ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންނާއެކު މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ
ވަރަށް ބޮޑު އުފަލެކަމަށެވެ.
އެމް.އެން.ޔޫގެ
ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ކިޔަވައިދިނުމާއި، އުނގެނުމާއި، އަދި ދިރާސާކުރުމުގެ
ހުރިހާ ދާއިރާއެއްގެ ފެންވަރު ހިފެހެއްޓުމަކީ އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ.
މިއީ ތަޢުލީމީ ގޮތުން ޤާބިލު ބައެއްގެ ބަދަލުގައި، މުޖުތަމަޢަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށާއި ޤައުމު ބިނާކުރުމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރާއި، އަގުތަކާއި، އަދި ސިފަތައް ލިބިފައިވާ 'ފެންވަރު ރަނގަޅު މީހުން' ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް
ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް
މިއާއެކު އެމް.އެން.ޔޫ އިން
ދަސްވެނިވާ ކޮންމެ ދަރިވަރަކަށްމެ، ފާޑުކިޔުމާއެކު ވިސްނުމާއި، އައު އީޖާދުތައް
އުފެއްދުމާއި، އަޚްލާޤީ ޒިންމާދާރުކަމާއި، އިސްނެގުމާއި، އަދި ދުނިޔެއަށް
ހޭލުންތެރިވުމަށް ބާރުއަޅާ 'ގްރެޖުއޭޓް އެޓްރިބިއުޓްސް' ނުވަތަ
ދަސްވެނިންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކުގެ މައްޗަށް ބިނާވެފައިވާ،
ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ފެންވަރު ރަނގަޅު ތަޢުލީމެއް ލިބޭނެކަމުގެ
ޔަޤީންކަން އޮންނާނޭ ކަމަށް ވައިސް ޗާންސެލާ ވިދާޅުވިއެވެ. އަދި ޔުނިވަރސިޓީގެ ފެންވަރު ކަށަވަރުކުރާ ނިޒާމުތަކާއި ތަޢުލީމީ
އުސޫލުތައް މެދުނުކެނޑި ހަރުދަނާކުރުމުގެ ސަބަބުން، އެމް.އެން.ޔޫ އަކީ ތަޢުލީމީ
ފެންވަރުގެ އެންމެ ކުރީ ސަފުގައި ދެމިއޮންނަ، އަދި ރާއްޖެއާއި މުޅި ދުނިޔެއަށް
ހެޔޮ ބަދަލުތަކެއް ގެނައުމުގެ ޤާބިލުކަން ހުރި ދަސްވެނިން ބިނާކުރާ ތަނެއްކަން
އަޅުގަނޑުމެން ކަށަވަރުކުރުމަށް އިސްކަންދޭ ކަމަށްވެސް ވިދާޅުވިއެވެ.
އެމްއެންޔޫއިން ބުނީ ދުނިޔޭގެ
ފެންވަރުގައި ބަލައިގަންނަ މި ޝަރަފުވެރި އެކްރެޑިޓޭޝަން ދެމެހެއްޓުމާއެކު،
ދުނިޔޭގެ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ރާއްޖޭއިން ބޭރުގައި
ތަޢުލީމީ ފެންވަރުގެ ގޮތުން ކުރީ ސަފުގައި ހިމެނޭ ތައުލީމީ މުވައްސަސާއެއްގެ
ގޮތުގައި އޮތް މަޤާމު އެމް.އެން.ޔޫ އިން ދެމެހެއްޓުމަކީ އެ ޔުނިވާސިޓީގެ އަމާޒުކަމަށެވެ.
މި
ކާމިޔާބީއާއެކު، ކިއު.އޭ.އޭ ކޮމިއުނިޓީގެ
ފުރިހަމަ ބައިނަލްއަޤުވާމީ މެންބަރުކަންވެސް އެމް.އެން.ޔޫއަށް ވަނީ ލިބިފައެވެ.
މިކަމާ ގުޅޭ ތަފްޞީލީ ރިޕޯޓު ކިއު.އޭ.އޭ ގެ
ވެބްސައިޓުންނާއި އެމް.އެން.ޔޫގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނޭކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމް.އެން.ޔޫ އިން އިނގިރޭސިވިލާތުގެ ކިއު.އޭ.އޭ އެކްރެޑިޓޭޝަން ކާމިޔާބުކަމާއެކު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ