ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި ސިފައަކީ އެއްބައިވަންތަކަން: ރައީސް

ކޮންމެ އުނދަގޫ ހާލަތެއްގައިވެސް ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދާ ރިވެތި ހުލްގާއި ސުލޫކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި އެ މަނިކުފާނު ވިދާޅުވީ ޑިސެންބަރު 26، 2006 ގައު ކުރިމަތިވި ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތްތައް ގިނަގުނަ ކަމަށެވެ.ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބުގައި ރައީސް ވަނީ ދިވެހީންގެ މިޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މި ފުރުނީ 21 އަހަރުކަމާއި، 2004 ވަނަ އަހަރު ޑިސެންބަރުން 26 ވަނަ ދުވަހު އަޅުގަނޑުމެންގެ ގައުމާ ކުރިމަތިވި ކުއްލި ނުރައްކަލުގެ އެ އުނދަގޫ ހާލަތުގެ ހަނދާންތައް ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެން ނުދާނެކަން ފާހަގަކުރައްވާފަ އެވެ. އަދި މިއަދު އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ދިވެހި އަޚުންނާއި އުޚްތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރުންކަމަށްވެސް ރައީސް ވިދާޅުވި އެވެ."އެ ދުވަހު ރާއްޖޭގެ އެކި ރަށްރަށަށް އެރި ބޮޑު ރާޅާއެކު ގޯތިގެދޮރު ގެއްލި، ބޮޑެތި ގެއްލުންތައް ލިބުނު ކޮންމެ ރައްޔިތަކާއި ކޮންމެ ޢާއިލާއަކުން ދިރިއުޅުން އަލުން އާރާސްތުކުރުމަށް ހިތްވަރާއެކު ފެށި މަސައްކަތުގައި ބަރަކާތް ލެއްވުމަށާއި ކާމިޔާބީއަށް އެދުން" ރައީސް ވިދާޅުވި އެވެ. ރައީސްގެ ޕޯސްޓްގައި ވަނީ ދިވެހީންގެ ބަދަހިކަން އިތުރުކުރައްވާ ސަލާމަތާއި ރައްކާތެރިކަމުގައި މި ގައުމު އަބަދުމެ ލެއްވުމަށް އެދި ދުއާ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ