ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުން މީހާ ނިޔާވެއްޖެ

މި މަހު 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ދިގުރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުން މީހާ ނިޔާވެއްޖެއެވެ.
ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ އިރުމަތި ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓި އަނިޔާ ލިބުނީ ހދ ނޭކުރެންދޫއަށް ނިސްބަތްވާ 38 އަހަރުގެ ޙުސައިން ޝިފާޒް / ކާމިނީގެ، އެވެ.
އޭނާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު، އައިޖީއެމްއެޗްގެ އައިސީޔޫއަށް ބަދަލުކޮށްގެން ފަރުވާ ދެމުންދަނިކޮށެވެ. ދެ ހޮސްޕިޓަލްގައިވެސް އޭނާއަށް ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައެވެ.
އޭނާ ވެއްޓުނީ 70 ވަރަކަށް ފޫޓު ދިގު ރުކަކުންކަމަށް މަޢުލޫމާތުލިބެއެވެ.
ޙުސައިން ޝިފާޒްގެ މައްޗަށްކުރާ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށްފަހު އާސަރާ މިސްކިތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ