ތަބާރަ ސޫރަތް ކިޔެވުން ގިނަކުރުމަކީ ކުރަން އެންމެ ފައިދާހުރި އެއްކަންތަކަށްވާ ސަބަބު! ޙަދީޘުން

ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުމެވެ. އެހެންވެ ހަނދުމަ އައުކޮށްލައި މިދެނީ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ފަސޭހައިން ކުރެވެން އޮތް ޢަމަލެކެވެ.  
ރަސޫލާ ﷺ ޙަދީޘް ކުރެއް ވެވިއެވެ. "ތިރީސް އާޔަތުގެ މައްޗަށް އެކުލެވިގެންވާ ސޫރަތެއް ޤުރްއާނުގައި ވެއެވެ. އެސޫރަތް މީހެއްގެ ފާފަ ފޮހެވެގެންދެން އެމީހަކަށް ޝަފާޢަތްތެރިވެއެވެ. އެސޫރަތަކީ (تبارك الذي بيده الملك) އެވެ. (ސޫރަތުލް މުލްކް) 
ބައެއް ޢިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި އެބޭކަލުން ވަކި ޢަދަދެއް ނެތި ގިނަގިނައިން ތަބާރަ ސޫރަތް ވިދާޅުވެއެވެ. އެއީ އެބޭކަލުންގެ ފާފަ ފުއްސަވައިދެއްވެވުމަށް އެދިއެވެ.  
އަދި ޖާބިރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގައިވެއެވެ. ސަޖިދަ ސޫރަތާއި ތަބާރަ ސޫރަތް ވިދާޅުނުވެ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ރެއަކުވެސް އަވަހާރަފުޅެއް ނުލައްޕަވައެވެ.  
- އިސްލާމީ ތިލަފަތުގެ ދަރުސަކުން:  
Abu Huraira reported: The Prophet, peace and blessings be upon him, said:
“There is a chapter in the Quran of thirty verses, which will intercede for its companion until he is forgiven: Blessed is He in whose Hand is the dominion.” (67:1)
Source: Sunan Abī Dāwūd 1400
Grade: Hasan (fair) according to Al-Albani
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ