ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް ބުނެ ސަރުކަރުން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް "ބުހުތާނު ދޮގެއް" ކަމަށް ކުރިން މިނިސްޓަރު ކަމާއި ސަފީރުކަން ކުރައްވާފައި ހުންނެވި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު، އަހުމަދު މުހައްމަދު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ކުރީގެ ދެ ބަންޑާރަ ނައިބުން ކަމުގައިވާ މަޝްހޫރު ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރު އާއި އާއި ދިޔާނާ ސައީދު އުފައްދަވާފައިވާ ތިންކުޓޭންކު، މޯލްޑިވްސް ސެންޓަ ފޯ ޕޮލިސީ ސްޓަޑީޒް (ޕޮލިސީ އެމްވީ) އިން ދުވަހުގެ ރޭ ބޭއްވި ޕެނަލަ ޑިސްކަޝަންގައި އަހުމަދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިގެން ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަކަށް ޖެހޭ ހަރަދުން އަހަރަކު ސަލާމަތް ކުރެވެނީ އެންމެ 5 ލާރި ކަމަށެވެ.
އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރަށް 85 މިލިއަން ރުފިޔާ ހަރަދުވިއިރު، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއެކު އެ ދެ އިންތިހާބުގެ ޖުމްލަ ހަރަދަކީ 147 މިލިއަން ރުފިޔާ ކަމަށެވެ. މިއީ ގައުމީ ބަޖެޓުގެ ނިސްބަތުން ބަލާއިރު ޕަސެންޓެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދެ އިންތިހާބު ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިފިއްޔާ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކަށް މި ޖެހެނީ 74 ރުފިޔާ. ކޮންމެ ދުވާލަކަށް ބަހާލައިފިއްޔާ މި ޖެހެނީ ދުވާލަކަށް 20 ލާރި. 20 ލާރި ހަރަދު ނުކުރެވިގެންތޯ މިއުޅެނީ ނޭވާ ނުލެވިގެން؟" އޭނާ ސުވާލު އުފެއްދެވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންތިހާބުތަކުގެ ހަރަދުގެ 89 ޕަސެންޓަކީ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުންގެ އުޖޫރައެވެ. ދެ އިންތިހާބު އެއްކޮށްލި ނަމަވެސް މުވައްޒަފުންނާއި އިދާރީ ތަކެތި މަދު ނުވާނެތީ، ސަލާމަތް ކުރެވޭނީ ހަރަދުގެ އެންމެ ހަތަރުބައިކުޅަ އެއްބަޔެވެ. އެއީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާއެވެ. މިއީ އަހަރަކަށް ބަލާނަމަ 8 މިލިއަން ރުފިޔާ ކަމަށާއި މި ހިސާބުން ބަލާއިރު، ރައްޔިތެއްގެ ބޮލަކަށް ދުވާލަކު ސަލާމަތް ކުރެވެނީ އެންމެ 5 ލާރި ކަމަށް އޭނާ ވިދާޅުވި އެވެ
"ފަސް ލާރިއާ ހެދިތޯ އަޅުގަނޑުމެން މިއުޅެނީ. ފަސް ލާރީގެ ސަބަބުން އަޅުގަނޑުމެންނަށް ދެން އަޅުގަނޑުމެންނަށް އޮޅުން ބޮޅުން އަރައިގެން ދަނީ ކޮން ކަންތައްތަކަކަށްތޯ. އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އިގުތިސޯދީ ގޮތުން ސަލާމަތް ކުރެވޭ ބޮޑު ހަރަދެއް އޮތް ކަމަށް ވިދާޅުވާ ވާހަކައަކީ ބުހުތާނު ދޮގެއް، ހިސާބުތަކުން ފެންނަން އޮތީ އެގޮތަށް. އެހެންވީމަ ވޯޓު ދިނުމުގައި އަޅުގަނޑުމެން އަސްލު ވިސްނަންޖެހެނީ މީގެން އަޅުގަނޑުމެންނަށް ކުރަނީ ކޮން މަންފާއެއްތޯ. ދެ އިންތިހާބު އެއްކޮށްލީމަ މަންފާ ކުރަނީއަކީ ދިވެހިރައްޔިތުންނަކަށް ނޫނޭ. މަންފާ ކުރަނީ ސިޔާސީންނަށް. ސިޔާސީންނަށް މަންފާކުރަނީ."
ހުލާސާކޮށް އިއްޔެ: ދެ އިންތިހާބު އެއްކޮށްލައިގެން ބޮލަކަށް ސަލާމަތް ކުރެވެނީ 5 ލާރި ހުލާސާކޮށް އިއްޔެ: ދެ އިންތިހާބު އެއްކޮށްލައިގެން ބޮލަކަށް ސަލާމަތް ކުރެވެނީ 5 ލާރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ