ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަނުމަށް ދިން ފުރުޞަތު އިތުރުކޮށްފިއެވެ. ކުރިން މި ފުރުޞަތު ހުޅުވާލާފައި ވަނީ، މިމަހުގެ
2 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް "އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ދާޚިލީ ވުޒާރާއިންވަނީ، "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"އެއް ފަށާފައެވެ. އެ ވުޒާރާއިން ވަނީ، ވަޒީފާ ދޭ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.
ދާޚިލީ ވުޒާރާއިން ވިދާޅުވީ، މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށާއި، މި މުއްދަތުގެ ފަހުން އިތުރު ފުރުޞަތެއް ނުދޭނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމުގެ ފުރުޞަތު ދީފައިވަނީ، ވަރކް ޕަރމިޓް މުއްދަތު ހަމަވެފައިވުމާއި، އެއްވެސް ސަބަބަކާ ހުރެ ބްލެކް ލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައި ނުވާނަމައެވެ. އަދި ރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުމާއި، ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާ ދޭ ފަރާތަށް ނުވުމުގެ އިތުރުން ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއެއް ކަމުގައި ވާންޖެހެއެވެ. އަދި އެއްފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަންނަން ދިން ފުރުޞަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ