ސްކޭމްކޮށްގެން މިދިޔަ މަހު ވެސް 1.6 މިލިޔަން ރުފިޔާ ފޭރިގެންފި

މަކަރާއި ހީލަތުން މިދިޔަ މަހު އެކަނި ވެސް 1.6 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފި އެވެ.
ތަފްސީލް - ސްކޭމްކޮށްގެން ފައިސާ ފޭރިގެން ހުށަހަޅާ މައްސަލަތައް އިތުރުވެ، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ވެސް އެ ފަދަ 198 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ފޭރުނު ފައިސާގެ އަދަދު 1.68 މިލިޔަން ރުފިޔާއަށް އަރަ އެވެ.
ފުލުހުން ބުނިގޮތުގައި:
އޭގެ ތެރެއިން ހޯދުނީ 690،000 ރުފިޔާ 
ހޯދުނީ 37 މައްސަލައެއްގައި ހިމެނޭ ފައިސާ
ސްކޭމްކޮށްފައިވާ ގޮތަށް ބަލާއިރު އެންމެ ގިނައިން ފައިސާ ފޭރިފައިވަނީ އީކޮމާސް މެދުވެރިކޮށެވެ. އެގޮތުން:
އެ ފަދަ 94 މައްސަލައެއް ވަނީ ހުށަހަޅާފައި. އެހެންވެ، ފޭސްބުކް މާކެޓް ޕްލޭސް އާއި އައިބޭ ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރާއިރު ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އެދޭ
އޮޅުވާލައިގެން އެކި މީހުންގެ ނަމުގައި 49 މައްސަލައެއް ވަނީ ހުށަހަޅާފައި. އެހެންވެ، އަމިއްލަ މައުލޫމާތާއި އޯޓީޕީ ހިއްސާ ނުކުރުމަށް ފުލުހުން އެދޭ
ކަރަންސީ އެކްސްޗޭންޖުގެ ނަމުގައި 31 ސްކޭމް ހިންގި. އެކަން މަދުކުރުމަށް ޓެލެގްރާމާއި ވައިބާ ގްރޫޕްތައް މެދުވެރިކޮށް ޑޮލަރު މާރުނުކުރުމަށް ފުލުހުން އިލްތިމާސްކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ