އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރަން މޫދަށް އެރުނު މީހަކު ނިޔާވެއްޖެ

ވ.ފުލިދޫގައި މުދަށްއެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރަން މޫދަށް އެރުނު މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރުމަށް މަސައްކަތް ކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު ފަހު 15:10ހާއިރުކަމަށެވެ.
އެމީހާ ނިޔާވެފައިވަނީ ހެލްތް ސެންޓަރުގައި ފަރުވާދެމުން ދަނިކޮށްކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މި ޙާދިސާގައި ނިޔާވެފައިވަނީ 63 އަހަރުގެ މީހެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ