މާދަމާ ނަގާ ތިން ވޯޓުގެ ތެރެއިން ވަކި ވޯޓެއްގައި ބައިވެރިވާން މީހަކު ބޭނުން ނޫން ނަމަ، ވޯޓުލާ މަރުކަޒުގައި ތިބޭ އޮބްޒާވަރުންނަށް އެނގޭ ގޮތަށް، އޮފިޝަލުން އެކަން އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ދެކޭ ގޮތް ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓު ވެސް މާދަމާ އޮންނާނެ އެވެ.
ތަފްސީލް - އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މިރޭ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އޭގެ ތެރެއިން ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނޫން ނަމަ އެ އިހްތިޔާރު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވެސް ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނޫން މީހުންނަށް އެ ފުރުސަތު ދިން
މާދަމާ ވެސް ވަކި ވޯޓެއް ލާން ބޭނުން ނޫނިއްޔާ އެ އިހްތިޔާރު އޮންނާނެ
ވޯޓު ނުލާ ނަމަ އެ ވޯޓު ކަރުދާސްކޮޅު އެ މީހެއްގެ އަތަކަށް ނުދޭނެ
"އަދި ހަމަ އެ ވަގުތު އެތަނުގައި ތިބޭ އޮފިޝަލުންނަށް އެނގޭ ގޮތަށް އިއުލާން ކުރާނެ. އޭރުން އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ޓެލީ ކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ،" ޒާހިދު ވިދާޅުވި އެވެ.
"...އެކަން އިއުލާންކޮށްފައި ހާދިސާ ރިޕޯޓުގައި ވެސް އޭތި ލިޔާނެ. އޮބްޒާވަރުންނާއި ހުރިހާ އެންމެންނަށް ވެސް އެނގޭނެ އަދި މިވެނި ކަރުދާސްކޮޅެއް ބޭނުން ނުކުރާކަން."
އެނގުން މުހިއްމު -
އީސީއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 294،876 މީހުން މާދަމާ ވޯޓު ލުމަށް ޝަރުތު ހަމަވެ އެވެ. މިއީ ތިން ވޯޓެއް އެއް ދުވަހެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ވަކި ވޯޓެއް ނުލުމުގެ އިހްތިޔާރު އޮންނާނެ އަދި އޮބްޒާވަރުންނަށް އެކަން އަންގާނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ