ފުލިދޫގައި އޮޔާ ދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު މީހަކު ނިޔާވެއްޖެ

ވ. ފުލިދޫގައި މިއަދު މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު މީހެއްގެ ހާލު ދެރަވުމާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އޮޔާދިޔަ ދެ ކުދިން ސަލާމަތް ކުރި މީހެއްގެ ހާލު ދެރަވެގެން އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 15:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.އެ މީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށާއި އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.މި ހާދިސާއާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ