ވިކްޓަރީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް އޭގައި ބުރު ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ 1-0 އިން ބުރު ބަލިކޮށްފަ އެވެ. އެހެންކަމުން، ތިން ޓީމު ވާދަކުރާ މި ގްރޫޕުން ސެމީގެ ޖާގައެއް ހޯދުމަށް ބުރަށް އޮތީ މިރޭ ވިކްޓަރީ ބަލިކުރުން މަޖުބޫރުވެފަ އެވެ. ބުރުން ވިކްޓަރީ ބަލިކުރުމާ އެކު، މި ގްރޫޕުގެ ސެމީގެ ދެ ޖާގަ ވެސް އޮތީ ހުޅުވިފަ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ވިކްޓަރީން ކުޅޭނީ ނަތީޖާއެއް ނެރުން މަޖުބޫރު މެޗެއްގައި މާޒިޔާއާ ދެކޮޅަށެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ފެނިގެންދިޔަ ތިން ލަނޑު ވެސް ޖެހީ ދެ ވަަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 47 ވަނަ މިނިޓްގައި ބުރުން ލީޑުނެގި ލަނޑު ޖެހީ ބްރެޒިލް ފޯވާޑް، ހަޑްސަން ޑިއާޒް އެެވެ. މިއީ އޭރިއާރެރެއިން ހަސަން ގައިސް މުހައްމަދު ނަގައިދިން ހުރަހަކުން ޑިއާޒް ޖެހި ލަނޑެކެވެ.
ވިކްޓަރީން ވަނީ 77 ވަނަ މިނިޓްގައި ނަތީޖާ ހަަމަހަމަކޮށްފަ އެވެ، މިއީ، ވިކްޓަރީގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެޓޭކަށް އަރައި، ދިން ބޯޅައެއް ބުރުގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި ލިބުމުން ވިކްޓަރީގެ ސްލޮވާކިއާ ފޯވާޑް، މިލޯސް ލަޗްނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެެވެ.
ވިކްޓަރީ މޮޅުވި ގޯލު ޖެހީ 81 ވަނަ މިނިޓްގައި ޑިއާޒް އެވެ. މިއީ، ބުރުގެ އަބްދުﷲ ޔާމީން (ޔާނު) ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ނަގައިިދިން ހުރަހަކަށް އަރައި، ޑިއާޒް ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ލަނޑެކެވެ.
އޭގެ ފަހުން، ލެޗްނީ ފޮނުވާލި ހަމަލާއެއް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ވިކްޓަރީ ބަލިކޮށް ބުރުން ޕްރެޒިޑެންޓްސް ކަޕްގެ ސެމީގެ އުންމީދު ދަމަހައްޓައިފި ވިކްޓަރީ ބަލިކޮށް ބުރުން ޕްރެޒިޑެންޓްސް ކަޕްގެ ސެމީގެ އުންމީދު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ