މިހާރު ދިރާގުން ސެމްސަން ގެލެކްސީ ވޮޗް އަލްޓްރާ ގަނެވޭނެ

ދިރާގުން ސެމްސަން ގެލެކްސީ ވޮޗް އަލްޓްރާ ގަންނަން ހުޅުވައިލައިފިއެވެ. ދިރާގުން ބުނީ މި ސްމާޓް ވޮޗަކީ، ސެމްސަންގެ ސްމާޓް ވޮޗްގެ ތެރެއިން އެއްމެ ފަހުގެ ސްޕޯޓްސް ފީޗާތައް ހިމަނައިފައިވާ، ސެލިއުލާ ޚިދުމަތް ލިބެނެ ސްމާޓް ވޮޗެއް ކަމަށެވެ. މި ސްމާޓް ވޮޗްގައި ދިރާގުގެ ސެލިއުލާ ވެއަރަބަލް ހިދުމަތްކަމުގައިވާ "ވަންނަންބާ" މެދުވެރިކޮށް، ސެލިއުލާ އީ ސީމް އެކްޓިވޭޓްކުރެވޭނެ ކަމަށާއި މި ހިދުމަތުގެ އެހީގައި ފޯނު ކައިރީގައި ނެތް ނަމަވެސް ނުވަތަނިއްވާލާފައި އޮތަސް ސްމާޓްވޮޗުން ކޯލްތަކަށް ޖަވާބު ދީ، މެސެޖް ފޮނުވުމުގެ އިތުރުން މޯބައިލް ޑޭޓާ ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގު ވަން ނަމްބަރު ހިދުމަތް ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާ ދޭއް އަދި ގެލެކްސީ ވޮޗް އަލްޓްރާ ތިނެއްގައި ބޭނުންކުރެވޭނެ ކަމަށާްއި މީގެ ތެރެއިން ގެލެކްސީ ވޮޗް އަލްޓްރާ ތިނެއް މިހާރު ދިރާގު ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެ ކަމަށް ބުނެފައެވެ. އެގޮތުން އިންސްޓޯލްމަންޓް ޕްލޭންއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މަހަކު 759 ރުފިޔާ ދައްކާގޮތަށްވެސް ގަޑި ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. "ދިރާގު ވަން ނުމްބަރު" ޚިދުމަތް ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑްގެ ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ ޕްލޭންތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށާއި، ޓްރެވަލާ ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް، ސްމްސަން ގެލެކްސީ ވޮޗް އަލަޓްރާ މެދުވެރިކޮށް، މިހާރު ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. މި ހިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި 'ގެލެކްސީ ވެއަރަބަލް' އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއިއެކު އެކްޓިވޭޓް ކުރެވޭނެ ކަމަށާއި މި އެޕްލިކޭޝަން މެދުވެރިކޮށް ގަޑި ފޯނާ ގުޅުވައި، އައިޑެންޓިޓީ ވެރިފައިކުރުމަށްފަހު އީ ސިމް ޕްރޮފައިލް ގަޑިއަށް ޑައުންލޯޑް ކުރެވޭނެ ކަމަށާއި މި މަރުހަލާ ފުރިހަމަވުމުން، ހިދުމަތް ކާމިޔާބުކަމާއެކު އެކްޓިވޭޓްވިކަން އެސްއެމްއެސް އެއް މެދުވެރިކޮށް އަންގައިދޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ދިރާގުގެ މައިގަނޑު އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ހައްލުތަކެއް ހޯދައިދީ، މުއާމަލާތްކުރުމުގައި އިތުރު ފަހިކަމެއް ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ވެސް ދިރާގު ވަން ނަމްބަރު ހިދުމަތް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ