'ސާފު، މައް ދިވެހި ބަހުން ދައްކާ ވާހަކަ ވެސް އޮޅުވާލާތީ' ނަޝީދު ކަންބޮޑުވެއްޖެ

ސާފުސާދާ، މައް ދިވެހި ބަހުން ދައްކާ ވާހަކަ ވެސް ދޮގު މާނަ ހިމެނޭ ގޮތަށް އޮޅުވާލައިގެން ދައްކާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟- ނަޝީދު މި ކަންބޮޑުވުން ފާޅުކުރެއްވީ، ލޯކަލް ޓޫރިޒަމްގެ މައި ހަބު، ކ. މާފުށީގެ ބްރޭންޑް ތައާރަފް ކުރުމަށް މީގެ ދެ ދުވަސް ކުރިން ބޭއްވި ހަފުލާއެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު، އެކި ގޮތްގޮތަށް ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.
އެ ހަފުލާގައި ނަޝީދު ވިދާޅުވީ މި ވަގުތު ރާއްޖޭގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން، ރިސޯޓުފަހަރުގައި ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކާއި ވިއްކާ ތަކެތި، ބޮޑެތި ހޮޓާތަކުން ނުދެވުމަކީ ބޭއިންސާފެއް ކަމަށެވެ. އަދި އެ ހަމަހަމަކަން ގެނައުމަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކައިގައި، ރަލާއި އޫރު މަހުގެ ވާހަކަ ވިދާޅު ނުވި ނަމަވެސް، ސޯޝަލް މީޑިއާގައި އެ ހަބަރު ފެތުރުނީ، މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަށް އެމަނިކުފާނު ގޮވާލެއްވި ކަމަށް ބުނެ އެވެ.
އެކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ވިދާޅުވީ:
'ދައްކާ ވާހަކަ، ސާފު ސާދާ، މައް ދިވެހި ބަހުން ދައްކާއިރު ވެސް، ކަނޑައެޅިގެން އިދިފުށަށް، ދޮގު މާނަ އާއި ތަރުޖަމާ އީޖާދުކޮށްގެން' ވާހަކަ ފަތުރާ ކަމަށް
އަދި އެކަން ކުރަނީ މީހުންނަށް ގެއްލުންދޭން ކަމާއި އެއީ ނުރައްކާތެރި ކަމެއް ކަމަށް ސިފަކުރެއްވި 
"ރިސޯޓު ފަހަރުގައި ލިބޭ، އެކަމަކު މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި އެއްޗަކީ ރަލާއި އޫރުމަހެއް ނޫން،" އެކްސްގައި ނަޝީދު ވިދާޅުވި އެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަ ކުރާކަށް ނުޖެހޭ."
އެނގުން މުހިއްމު- ރިސޯޓުގައި ދޭ ހިދުމަތްތަކާއި ވިއްކާ ތަކެތި، ރަށްރަށުގައި ނުވިއްކޭ ކަމަށް ނަޝީދު ވިދާޅުވީ, އެމަނިކުފާނަކީ އަބަދު ރަނގަޅު ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.
ނަޝީދު ވިދާޅުވީ އުނދަގޫ ވާހަކަ ވަރަށް ގިނައިން ދައްކަވާ ކަމަށެވެ. ތައުލީމު ވެސް މަނާ ދުވަސްވަރެއް ދިޔަ ކަމާއި މިއިން ރަށަކަށް ޓޫރިސްޓަކު އެރުން މަނާ ދުވަސްވަރެއް ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ