މި ޖެނުއަރީމަހުގެ 3 ވަނަ ދުވަހުގެ ރޭ ދަންވަރު ވެނެޒުއޭލާއަށް އަރާ އެގަމުގެ ރައީސް ވަގަށް ނެގުމަށް ފަހު 100 ބިލިއަން ޑޮލަރުގެ ތެޔޮ ވިއްކަން ޓްރަމްޕް އަމާޒު ހިއްޕަވައިފިއެވެ.
ވައިޓްހައުސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ، ވެނެޒުއޭލާގެ ތެލުގެ ވިޔަފާރީގައި އިންވެސްޓް ކޮށްގެން އުޅޭ ފަރާތްތަކާއި އިންވެސްޓް ކުރެވިދާނެ ފަރާތްތައް ވައިޓްހައުސް އަށް ގެންދަވާ ޓްރަމްޕް ބައްދަލު ކުރައްވާފައި ވާ ކަމަށެވެ. އޭގެ ތެރޭގައި ތެޔޮ ނެގުމުގައި ވެނެޒުއޭލާގައި މިހާރު ހަރަކާތްތެރިވާ އެމެރިކާގެ ޗެވްރޮން އާއި ސްޕެއިންގެ ކުންފުންޏެއް ކަމަށް ވާ ރެޕްސޮލް އާއި އިޓަލީވިލާތުގެ ކުންފުންޏެއް ކަމަށް ވާ އެނީގެ ވެރިންވެސް ހިމެނެއެވެ.
މި ބައްދަލުވުމުގައި މީގެ ކުރިން ވެނެޒުއޭލާގައި އިންވެސްޓްކޮށްގެން އުޅުނު އެކްސޮންސްގެ ސީފް އެގްޒެކެޓިވް ޑެރެން ވްޑްސް ވެސް ބައިވެރިވި ކަމަށާއި އަލުން ވެނެޒުއޭލާގައި އިންވެސްޓް ކުރުމާމެދު ވިސްނަން ޖެހޭކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ބުނީ، ވެނެޒުއޭލާގައި އިންވެސްޓް ކޮށްގެން އުޅެނިކޮށް މީގެ ކުދިން ދެފަހަރަކަށް އޭނާގެ ކުންފުނީގެ އެސެޓް އެގައުމުން ހިފެހެއްޓި ކަމަށާއި އިންވެސްޓްމަންޓަށް ރައްކާތެރިކަން ގެރެންޓީ ނުކުރެވި 3 ވަނަ ފަހަރަށް އެ ގައުމަށް ވަނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ވެނެޒުއޭލާއިން ތެޔޮ ފެނުނު ފަހުން 100 އަހަރު ވެގެން ގޮސްފައި ވާ އިރު، މިހާރު ހޯދިފައިވާ ގޮތުން ދުނިޔޭގެ ތެލުގެ އެންމެ ބޮޑު ރިޒާވް އޮތީ އެގައުމުގައެވެ. ގާތްގަނޑަކަށް 330 ބިލިއަން ފީފާގެ ތެލުގެ ރިޒާވެއް އޮތް ކަން އެނގިފައިވާ އިރު ޓްރަމްޕް މިހާރު ބޭނުންފުޅުވަނީ، އެ ތެލުގެ މައްޗަށް އަތްގަދަ ކުރައްވައި އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންދާށެވެ.
އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ، އިސްވެސްޓަރުންނަށް މީގެ ކުރިން ދިމާވި ގޮންޖެހުންތައް ދިމާ ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށާއި މީގެ ފަހުން މުއާމަލާތު ކުރާނީ އެމެރިކާއާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއްވެސް ކުންފުންޏަކުން ވެނެޒުއޭލާ އާ އެކު މުއާމަލާތު ކުރަން އެދިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިތުރަށް ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާގެ ތެލުގެ ވިޔަފާރީގައި ބައިވެރިވެވޭނީ ކޮން ކުންފުނިތަކަކަށްކަން ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ. އަދި އެ ގައުމުގެ ތެޔޮ ވިއްކުމާ ދެކޮޅަށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާމެދު ވިސްނަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އެ ވިޔަފާރީގެ މުއާމަލާތްތައް އެމެރިކާގެ ބޭންކިން ނިޒާމުގެ ތެރޭގައި އޮންނަ އެކައުންޓުތަކުން ނޫނީ ނުކުރެވޭގޮތް ހައްދަވާނެ ކަމަށް ވެސް ވިދާޅުވެއެވެ.
އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރީ އާއި އޭނާގެ އަނބިކަނބަލުން ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސް މިހާރު ވަނީ ޝަރީއަތް ފަށާފައެވެ. އެމެރިކާއިން މި ކުރި ކަންތަކަކީ ބައިނަލްއަގުވާމީ ހުރިހާ ހަމަތަކާއި އުސޫލުތަކާ ހިލާފު ކަމެއް ނަމަވެސް އެކަމުގައި އދ އަށް ވެސް ގޮތެއް ނިންމާކަށް ނުކެރުނެވެ. އެ މައްސަލައިގައި އދ ގައި ބަހުސް ކުރި އިރު ރަޝިއާ، ޗައިނާ އަދި ކިއުބާ ފަދަ ގައުމުތަކުން އެމެރިކާ ކުށްވެރި ކުރި ނަމަވެސް ގިނަ ގައުމުތަކުގެ އަޑެއް ބަޑެއް ނެތެވެ.
މަޑޫރޯ ވަގަށް ނެގުމާއެކު ވެނެޒުއޭލާގެ ވަގުތީ ރައީސަކަށް މަޑޫރޯގެ ނައިބަކަށް ހުންނެވި، ޑެލްސީ ރޮޑްރިގޭޒް ވަނީ އައްޔަން ކޮށްފައެވެ. އޭނާ ވިދާޅުވެފައި ވަނީ، އެމެރިކާއާ ގުޅިގެން އެއްބާރުލުން ދީގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޓްރަމްޕްގެ ލޯ ވެނެޒުއޭލާއިން 100 ބިލިއަން ޑޮލަރުގެ ތެޔޮ ވިއްކަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ