އީވީ އުޅަނދުތަކުގެ ނަންބަރު ބޯޑު ފެހިކުލައަށް ބަދަލުކުރަން 2 މަސް

ޤަވާއިދަށް ގެނައި އިސްލާޙާއެކު 60 ދުވަހުގެ ތެރޭގައި އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ބޭނުންކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
"އިލެކްޓްރިކް އުޅަނދު ނުވަތަ އ.ީވީ ވެހިކަލް" ކަމަށް ބުނެފައި ވަނ،ީ އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައ،ި ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޮޓޯއެއް ބޭނުން ކޮށްގެން ދުއްވިދާނެ ކޮންމެ އުޅަނދަކަށެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، "އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" އަށް 7 ވަނަ އިސްލާޙު ގެނެސްފައިވަނީ، އިލެކްޓްރިކް އުޅަނދުތައް ބޭނުން ކުރުމަށް ހިތްވަރު ދިނުމަށާއި، އުޅަނދު ރަޖިސްޓްރީ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ.
މި އިސްލާޙުގެ ދަށުން އިލެކްޓްރިކް އުޅަނދުތަކުގައި ދެން ބޭނުންކުރަން ޖެހޭނީ، ފެހި ކުލައިގެ ނަންބަރު ބޯޑެވެ. މިއީ، މަގުމަތީގައި ދުއްވާ އެހެނިހެން އުޅަނދުތަކާއި، އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ގެނައި ބަދަލެކެވެ. މި ބަދަލަކީ، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ތައްޔާރުވެފައިވާއިރު، މި ނިޒާމުގައިވެސް ބޭނުންކުރާނީ އީވީ ކާރުތަކެވެ. އެގޮތުން ފުރަތަމަ ބުރުގައި 150 ކާރު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ނަންބަރު ބޯޑާ ގުޅޭ އިސްލާޙު ގެޒެޓުކުރުމާއިއެކު، މިހާރު ރަޖިސްޓްރީކޮށްފައިވާ އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު، ފެހި ކުލައިގެ ބޯޑަށް ބަދަލު ކުރުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ވަނީ 60 ދުވަހުގެ މުއްދަތެއް ދީފައެވެ.
އަލަށް ތަޢާރަފް ކުރި "އީވީ ޕްލޭޓްސް" ނުވަތަ ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑު ނަމޫނާއަށް ބަލާއިރު، ތިމާވެއްޓާއި ރައްޓެހި ޓެކްސީ އުޅަނދުތަކުގައި ބޭނުން ކުރާނީ، ފެހި ކުލައިގެ ބޯޑުގައި ރީނދޫ ކުލައިގެ ލިޔުމުން ލިޔެފައެވެ. އަމިއްލަ އުޅަނދުތަކުގައި ބޭނުންކުރަނީ، ފެހި ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ ލިޔުމެވެ.
ބަޔާންކޮށްފައިވާ މިންގަނޑުތަކާ ޚިލާފަށް ނަންބަރު ބޯޑު ހަރު ކުރުމާއ،ި ދިއްލޭ ކުލަތައް ބޭނުން ކޮށްގެން ނަންބަރު ބޯޑު ތައްޔާރު ކޮށްގެން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
މިވަގުތު ރާއްޖޭގައި ބޭނުން ކުރަމުންދާ ނަންބަރު ބޯޑުތަކަށް ބަލާއިރު، އާންމުކޮށް އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކުގައި ބޭނުންކުރަނީ ކަޅު ކުލައެވެ. ސިފައިންގެ އުޅަނދުތަކުގައި ހުދު ކުލައިގެ ބޯޑު ބޭނުން ކުރާއިރު، ޑިޕްލޮމެޓިކް އުޅަނދުތަކުގައި ބޭނުން ކުރަނީ ނޫކުލައިގެ ބޯޑެވެ. އަދި ޓެކްސީތަކުގައި ބޭނުން ކުރަނީ، ރީނދޫ ކުލައެވެ.
ޤަވާއިދަށް ގެނައި އިސްލާޙުގައި، ބައެއް ބަރު އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ މަރުޙަލާ ކުރިއަށްވުރެ ލުއިފަސޭހަވާނެ ގޮތްތަކެއްވެސް މި އިސްލާޙުގެ ދަށުން ވަނީ ތަޢާރަފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ