ދިރާގުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހު 31އަށް ހަމަވަނީ

ދިރާގު 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. މިއީ މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ. މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ކަސްޓަމަރުންނަށް އަލުން އެންރޯލްކުރާކަށް ނުޖެހޭނެއެވެ. މި ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ދެ ސްޕޯޓްސް ސްޕީޑްބޯޓް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ވަނީ ކަނޑައަޅައިފައެވެ. މި ހިތްގައިމު ސްޕީޑްބޯޓްތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ރީތި ސްޕީޑްބޯޓެކެވެ. މި ގޮތުން، މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތައް ދިރާގުން ވަނީ ސްޕީޑްބޯޓް ހަވާލުކޮށްފައެވެ. އަދި، ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އެނގޭނީ މި އަހަރުގެ ޖޫން މަހެވެ. ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވާނެއެވެ. އެ ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަސްޓަމަރުންގެ ތެރޭގައި: ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުން އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލް ދައްކާ ކަސްޓަމަރުން ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުން އެ ޕްރޮމޯޝަންގައި އެންރޯލްކުރުމަށް ޚާއްސަ ޕޯޓަލްއެއް ކަނޑައަޅައިފައިވެއެވެ. އެއީ، https://bit.ly/Win-2-SPeedboats އެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ