ރަންދީޕްގެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެއް

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރަންދީޕް ހޫޑާގެ ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބުނުކަން އިއުލާނުކޮށްފިއެވެ. ރަންދީޕް އާއި އަންހެނުން ލިން ލައިޝްރަމްއަށް އަލަތު ދަރިފުޅު ލިބުނުކަން ސޯޝަލް މީޑިއާގައި އިއުލާނުކުރަމުން ރަންދީޕް ބުނީ ދަރިފުޅު އުފަންވި ދުވަހަކީ އެ އާއިލާއަށް އުފާވެރިކަން ދެގުނަވީ ދުވަހެއް ކަމަށެވެ. ސަބަބަކީ އަލަށް ބައްޕައަކަށް ވުމުގެ އުފާ ހާސިލުވީ ރަންދީޕްގެ ބައްޕަގެ ވެސް އުފަންދުވަހު ކަމަށާއި އެހެންވެ ދަރިފުޅު އުފަންވި ދުވަހަކީ ވަރަށް ހާއްސަ ތާރީޚެއްގެ ގޮތުގައި އެކްޓަރު ވަނީ ސިފަކޮށްފައެވެ. މިއީ އެ ދެމަފިރިންނަށާއި ދެ އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށާއި ތުއްތު ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި، މަންމަ އާއި ދަރިފުޅުގެ ސިއްހަތު ވެސް ރަނގަޅު ކަމަށް ރަންދީޕްގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ވަނީ ހާމަކޮށްފައެވެ. ރަންދީޕްގެ މެސެޖުގައި ބުނެފައި ވަނީ، އޭނާ އަމިއްލައަށް ބައްޕައަކަށް ވުމުން، އޭނާގެ ބައްޕައަށް ކުރާ ގަދަރާއި އިހުތިރާމް ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށެވެ. އަދި އަންހެން ދަރިއަކު އުފަންކޮށްދީ، އޭނާ ބައްޕައަކަށް ހަދައިދިނީތީ އަންހެނުން ލިންއަށް ޚާއްޞަ ޝުކުރެއް ވަނީ އަދާކޮށްފައެވެ. އޭނާ ސިފަކުރި ގޮތުގައި ކުއްޖަކު ލިބި ބައްޕައަކަށް ވުމުގެ އިހުސާސަކީ އެއީ މުޅި އުމުރަށް ދެމިގެންދާނެ ލޯތްބެކެވެ. ރަންދީޕް ފިލްމު "ޖާޓް"ގެ ޕްރީމިއާގައި--ފޮޓޯ/ބޮލީވުޑްހަންގާމާ ރަންދީޕް އާއި ލިން ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކަކަށްފަހު 29، 2023ގައެވެ. ދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ރަންދީޕް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ސަނީ ޑިއޯލް ލީޑް ރޯލް ކުޅެފައިވާ ފިލްމު "ޖާޓް"އިންނެވެ. ރަންދީޕް އަންނަނީ "މެޗް ބޮކްސް: ދަ މޫވީ"ގެ ނަމުގައި އުފައްދާ އިނގިރޭސި ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ