ހުޅުމާލޭގެ ފޭސް 3 ގައި ހުރި، ކުރިން ބޭނުންކުރި އެކޮމަޑޭޝަން ބްލޮކެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހަވީރު 17:12 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ އެކޮމަޑޭޝަން ބްލޮކްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު ހަވީރު 17:38 ހާއިރުއެވެ. އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވީ ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.
އަލިފާން ރޯވި އެކޮމަޑޭޝަން ބްލޮކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ