ދިރާގުން މިދިޔަ ރޯދަ މަހު 213،998ރ.ގެ އެހީ ހަދިޔާކޮށްފި

ދިރާގުން މިދިޔަ ރޯދަ މަހު ދިރާގުޕޭ މެދުވެރިކޮށް 'ޑޮނޭޓް އަ މީލް' އަދި 'ޑޮނޭޓް ޓު އަ ފެމިލީ' ޕްރޮގްރާމްގެ ދަށުން 213،998ރ.ގެ އެހީ ހަދިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - މީގެ ތެރޭގައި ދިރާގުން ހަދިޔާކުރި 180،000ރ.ގެ އިތުރުން ރޯދަ މަހު ދިރާގުޕޭ މެދުވެރިކޮށް އާންމުންގެ ފަރާތްތަކުން ލިބިފައިވާ އެހީ ހިމެނެ އެވެ.
ތަފްސީލް - ދިރާގުން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން 'ޑޮނޭޓް އަ މީލް' ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބަހައިފަ އެވެ. އެގޮތުން:
މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1,000 މީލް ޕެކް ހަދިޔާކޮށްފައި 
ކަސްޓަމަރުން ވަނީ ދިރާގުޕޭ މެދުވެރިކޮށް މި ހަރަކާތަށް އިތުރު އެހީތެރިކަން ފޯރުކޮށްދީފައި 
މާލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތައް ކައިރީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެ މީލް ޕެކްތައް ބަހާފައި
'މަމްސް އެއިޑް'އާ ގުޅިގެން ދިރާގުން ވަނީ ދިރާގުޕޭ މެދުވެރިކޮށް 'ރަމަލޯން އެއިޑް' ޕްރޮގްރާމްގެ 'ޑޮނޭޓް ޓު އަ ފެމިލީ' ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފަ އެވެ. އެގޮތުން:
ދިރާގުގެ ފަރާތުން މި ހަރަކާތަށް އެހީތެރިވުމުގެ ގޮތުން 100 އާއިލާއަކަށް ކާބޯތަކެތީގެ ޒަރޫރީ ސާމާނު ހިމެނޭ 'ކެއަ ބާސްކެޓް' ފޯރުކޮށްދީފައިވޭ 
އާންމުންގެ ފަރާތުން ވެސް ދިރާގުޕޭ މެދުވެރިކޮށް އިތުރު އެހީތެރިކަން ވަނީ ލިބިފައި 
މި ހަރަކާތް މެދުވެރިކޮށް އެހީތެރިކަން ފޮރުކޮށްދިނުމުގައި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައި
ފާހަަގަކޮށްލެވޭ - ދިރާގުން އަންނަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ