ވަހީ އަންނަ ކަމަށް ބުނެ ޓިކްޓޮކްގައި ރަސޫލާއަށް ފުރުއްސާރަކުރި މީހާގެ މައްސަލަ ބަލަނީ

އިސްލާމްދީނާއި ރަސޫލާއަށް ފުރުއްސާރަކޮށް ވަހީ އިއްވަވާ ކަމަށް ބުނާ މީހެއްގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން މިއަދު ބުނި ގޮތުގައި، ތިމަންނާއަށް ވަހީ އަންނަ ކަމަށް ބުނެ، އިސްލާމީ އަގީދާއަށާއި ނަބިއްޔާއަށް ތައުހީނުވާ ގޮތަށް މީހަކު ވާހަކަދައްކާފައިވާތީ، އެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ތަފްސީލް - ފިޔަވަޅު އަޅަން ގޮވާލައި ދައުރުވަމުންދާ ވީޑިއޯތަކުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ނ. ކުޑަފަރީއަށް ނިސްބަތްވާ މީހެކެވެ. އެކަމަކު އެ މީހާ ދިރިއުޅެނީ ރާއްޖެއިން ބޭރުގަ ކަމަށްވެ އެވެ.
މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓިކްޓޮކް ލައިވްއެއްގައި އޭނާ ވަނީ އިސްލާމްދީނާއި ގްރުއާނަށް ވެސް ފުރުއްސާރަކޮށްފަ އެވެ. ވަހީ އިއްވާނީ ހަމައެކަނި ރަސޫލާއަށް ނޫން ކަމަށާއި އޭނާއަށް ވެސް ވަހީ އިއްވާ ކަމަށް ބުނެ އޭނާ ވާހަކަދައްކާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ