ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހަދަން ހުށަހަޅައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން، ބިދޭސީ މުވައްޒަފުން ގެންނަން ދައްކަން ޖެހޭ ކޯޓާ ފީ އުވާލާނެ އުސޫލުތައް ބަޔާންކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ. އެ އިސްލާހުގެ އިބުތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި އެބަ ކުރިއަށްގެންދެއެވެ.އެ އިސްލާހުގައި ބުނީ، ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތަކުން ދައްކަންޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމިދާނެ ކަމަށެވެ. އެ ގޮތުން، އެ ފަދައިން އިސްތިސްނާކުރާއިރު ބައެއް ކަންކަމަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. އެއީ:އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުންއިގުތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުންއެ ވިޔަފާރިތަކުގައި ވަޒީފާގެ ފުރުސަތު އިތުރުކުރަން މަގުފަހިކުރުންއެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގެ ފަރަގު ކުޑަކުރުންވާދަވެރިކަން އުފައްދައިގެން އާ ގޮތްތަކާއި، އާ ވިސްނުންތަކާއި، އުފެއްދުންތަކާއި، ހިދުމަތްތައް ތައާރަފުކުރަން ހިތްވަރުދިނުންވިޔަފާރީގެ ފެންވަރު ރަނގަޅުކުރުންވިޔަފާރި ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފްކުރަން ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކުގެ ފެންވަރު މަތި ކުރަން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ