ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ އަލީ އަފްލަހު ހައްޔަރުކޮށްފައިވާއިރު، ދެ އަހަރު ވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޭނާއަށް ކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ:
އަލީ އަފްލަހު، 27، ހައިރާތު/ހުޅުމާލެ
އޭނާގެ ބަންދަށް 30 ދުވަސް ކޯޓުން ވަނީ ދީފައި
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ:
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - އަފްލަހު ޖިންސީ ގޯނާ ކުރި ކަމަށް ވަނީ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރަށް ކިޔަވަން ދިޔަ އަންހެން ކުއްޖަކަށެވެ.
އަފްލަހު މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ދޫކޮށް ގޮސް، ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ހިއްސާ އޭނާގެ އާއިލާގެ ބަޔަކަށް ބަދަލުކޮށްފައިވާ ކަމަށްވެ އެވެ. އޭނާ ހައްޔަރުކުރީ، އެނގިފައިވާ ގޮތުގައި، އެނބުރި ރާއްޖެ އައި ތަނުންނެވެ.
ބްރައިޓް މައިންޑްސްގެ ވެރިޔާ 2 އަހަރު ވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ