ސަޢުދިއަރަބިއްޔާގެ އިސް މުފްތީ އައްޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚްގެ މައްޗަށް ރާއްޖޭގައި ވެސް ކަށުނަމާދު ކުރުން ކުރިއަށް ގެންދަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.
ޝައިހް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދުގެ ވަގުތެއްގަ އެވެ. ސައުދީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ވަނީ އެކަން ހާމަކުރައްވާފަ އެވެ. ޝައިހް އަބްދުލް އަޒީޒް އާލުއް ޝައިހް އަކީ މި ފަހުން ދުނިޔެ ދުށް އެންމެ ބޮޑު އިލްމުވެރީންގެ ތެރޭން ބޭފުޅެކެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަރަފާތު ބިމުގައި ހުތުބާ ދެއްވާފައިވެ އެވެ. ގާތްގަނޑަކަށް 35 އަހަރު އަރަފާތު ބިމުގައި ހުތުބާ ދެއްވި އެވެ. އެނގިފައިވާ ގޮތުގައި އަރަފާތުގައި އެންމެ ގިނަ ފަހަރު ހުތުބާ ދެއްވި ބޭފުޅަކީ ޝެއިހް އެވެ.
އިސް މުފްތީ އަވަހާރަވުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ މުފްތީގެ ޖަނާޒާ މިއަދުގެ އަސްރު ނަމާދަށް ފަހު ބޭއްވުމަށް ހަމަޖައްސާފަ އެވެ. ޖަނާޒާ އޮތީ ރިޔާދުގެ އަމީޔޫ އިމާމު އަހްތޫރުކީ ގަ އެވެ.
މީގެ އިތުރުން ދެ ހަރަމްފުޅާއި ސައުދީގެ ހުރިހާ މިސްކިތްތަކެއްގައި ވެސް ޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ސައުދީ ރަސްގެފާނު ވަނީ އަންގަވާފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝައިހްގެ މައްޗަށް ރާއްޖޭގައި ވެސް ޣައިބަށް ކަށުނަމާދު ކުރުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ކަށު ނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައި މިރޭ އިޝާ ނަމާދަށް ފަހު އެވެ.
ސައުދީގެ މުފްތީގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ