އާ ޑޮކްޓަރެއް ގެނެސް، އިހަވަންދޫގެ ޑައަލިސިސްގެ ޚިދުމަތް އަލުން ފަށައިފި

އާ ޑޮކްޓަރެއް ގެނެސް, ހއ. އިހަވަންދޫގެ ޑައަލިސިސް ސެންޓަރުގެ ޚިދުމަތްތައް އިއްޔެ އަލުން ފަށައިފިއެވެ. "ސަން"އިން ސުވާލުކުރުމުން އިހަވަންދޫ ސިއްހީ މަރުކަޒުން މިއަދު ބުނީ، އެ ސިއްހީ މަރުކަޒުގެ ޑައަލިސިސް ސެންޓަރަށް ޑޮކްޓަރަކު ގެނެސް އަލުން ޚިދުމަތް ފަށާފައިވާ ކަމަށެވެ. އެ ސެންޓަރުގެ ޚިދުމަތް މެދުކެނޑުނީ، އެ ޚިދުމަތްދޭން ހުރި ޑޮކްޓަރަށް ޗުއްޓީ ހަމަޖައްސައިނުދެނީސް ފުރައިގެން ދިއުމުންނެވެ. https://sun.mv/211627 އެކަމަކު، ހެލްތު މިނިސްޓްރީން ފޯނު ނުގަނާތީ، ފުރައިގެން ދިޔަ ޑޮކްޓަރަށް އެޅީ ކޮން ފިޔަވަޅެއް ކަމެއް ސާފެއް ނޫނެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ފެބްރުއަރީ 27ގައި އިހަވަންދޫގައި ހުންނަ 'އާމިނާ ދިޔޯ' ސިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ފާހަގަކުރެވޭ ގޮތުގައި ހއ. އަތޮޅުން ޑައަލިސިސްގެ ޚިދުމަތް ލިބެނީ އެ އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު، 3،767 މީހުންގެ އާބާދީއެއް އޮންނަ އިހަވަންދޫންނެވެ. އިހަވަންދޫން އެ ޚިދުމަތް ނުލިބޭނަމަ އެންމެ ކައިރިން ޑައަލިސިސް ހެއްދެން އޮތީ 40 މިނެޓުގެ ލޯންޗް ދަތުރަކުން ދިއްދުއަށް ގޮސްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ