ރޯދަ މަހު ކަރަންޓު ބިލަށް ގިނަވެގެން އަރާނީ 400ރ: ރައީސް

އަންނަ ރޯދަމަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާއަށްވުރެ ދަށުން ކަމަށާއި، ބިލުގެ ބާކީބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރަ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400ރ. ކަމަށެވެ. އެގޮތުން ބާކީ ބިލަށް އަރާވަރަކީ ޑިސްކައުންޓް ކަމަށް ވެސް ވިދާޅުވި އެވެ."ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400ރ. ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ މި އަންނަ ރަމަޟާން މަހު، އެމަހުގެ ބިލަށް ނަގާނީ 400ރ. އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް،" މުއިއްޒު ވިދާޅުވި އެވެ.މިދިޔަ ރޯދަ މަހު ވެސް ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވެ އެވެ. ނަމަވެސް އެފަހަރު ބިލުން ޑިސްކައުންޓް ދިން ގޮތާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވި އެވެ. އޭގެއިތުރުން ފަހަކަށް އައިސް ކަރަންޓު ބިލު އިންތިހާއަށް ބޮޑުވަމުންދާތީ ވެސް އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ