ކައުންސިލްތަކުގެ އިންތިހާބު ބާއްވަނީ މާޗު 28 ގައި، ކުރިމަތިލާން ހުޅުވާލަނީ ޖެނުއަރީ 17 ގައި ކައުންސިލްތަކުގެ އިންތިހާބު ބާއްވަނީ މާޗު 28 ގައި، ކުރިމަތިލާން ހުޅުވާލަނީ ޖެނުއަރީ 17 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗު 28، ގައި ބާއްވަން ނިންމައި، އިންތިހާބަށް ކުރިމަތިލާން އަންނަ އަހަރުގެ ޖެނުއަރީ 17، ގައި ހުޅުވައިލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ޕްލޭންކޮށްފައި އޮތް ތާރީހުތަކުގައި ބޭއްވުމަށް ޕްލޭންކޮށްފައި އޮތް ދުވަސްތަކުގައި އެކަން ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
"މިހާރު ޓެންޓިވްލީ ޕްލޭންކޮށްފައި އޮތްގޮތުން ރާވާފައި އޮތްގޮތަށް ބަލާއިރުގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަމަށް މިހާރު ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަސް. އެއީ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު ބާއްވަން މިވަގުތު އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮތް ރާވާފައި އޮތް ދުވަހަކީ އެދުވަސް،" ޒާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކެންޑިޑެންސީއަށް ހުޅުވާލަން ރާވާފައި އޮތީ 17 ޖެނުއަރީގައި. އަޅުގަނޑު ހަނދާންވަނީ 17 ޖެނުއަރީގައޭ އަޅުގަނޑުމެން ކެންޑިޑެންސީއަށް ހުޅުވާލާނީ. މި އެއްޗިއްސަކީ އަޅުގަނޑުމެން ތާވަލު ކުރެވިފައި އޮތްގޮތަށް ބަލާއިރު މި ދެ ތާރީހު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާނަން."
ކައުންސިލް އިންތިހާބަށް އެންމެ މަދުވެގެން 70 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދު ހިނގާނެ ކަމަށެވެ. ހަރަދު ކުޑަ ކުރުމަށް މުސްތަގުބަލުގައި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ ހަރަދު ކުރުމަށް މިފަހަރު ކެންޑިޑޭޓުން ކެންޑިޑެންސީ ކަރުދާހުން ހުށަހެޅުމުގެ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެކަން ފުރިހަމަކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކައުންސިލް އިންތިހާބަށް މާސްޓާ ޕްލޭނެއް ހަދައިގެން ވޯޓުލުމަށް ބާރުއެޅުމުގެ ގޮތުން 12 އަތޮޅެއްގެ ބޮޑެތި އާބާދީ ހިމެނޭ ގޮތަށް 36 ރަށެއްގައި ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމެއް އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު އަދި ޑިސެމްބަރު މަހުގެ ތެރޭގައި ހިންގާނެ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ