ހަނިމާދޫ ކައުންސިލުން ބާއްވާ ' ޖަވާހިރުލް ޤުރުއާން މުބާރާތުގެ އެއްވަނަ އެރަށު އާކިލް މުހައްމަދު ހަސަން އާއި އައްޔޫބު އަބުދުﷲ ރަޝީދު ހޯދައިފި އެވެ.
80 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ކުރިއަށްގެންދިޔައީ ކީ ސްޓޭޖްތަކަށް ބަހާލައިގެން އެވެ. މި މުބާރާތުގައި އާކިލް އެއްވަނަ ހޯދީ ނުބަލާ ކިޔެވުމުގެ ގޮފިންނެވެ. އައްޔޫބް އެއްވަނަ ހާސިލުކުރީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.
ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ޝަރަފުވެރިކޮށްދެއްވި މި މުބާރާތުގެ ހާއްސަ އެހެން މަގާމުތަކަށް ބަލާއިރު މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން ދެވަނަ ހޯދީ މާކިން ބިން މުހައްމަދު އަޝްރަފެވެ. އެ ގޮފިން ތިންވަނަ ހޯދީ ޔައިލް މުހައްމަދު އަހުމަދެވެ.
ބައިގެން ކިޔެވި ގޮފިން މުޅި މުބާރާތުން ދެވަނަ އާމިނަތު އަންޖަލް ހުސައިން ކާމިޔާބުކުރިއިރު ތިންވަނަ ހާސިލުކުރީ ޝަބާ އަބުދުﷲ ރަޝީދެވެ.
މުޅި މުބާރާތުން ގޮފިތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް 5000 ރުފިޔާގެ ފައިސާ އިނާމެއް ދިންއިރު ދެވަނަ ހާސިލުކުރި ދަރިވަރުންނަށް 2500 ރުފިޔާގެ ފައިސާގެ އިނާމު ކައުންސިލުން ދިނެވެ. އަދި ތިންވަނައަށް ދިޔަ ދަރިވަރުންނަށް 1500 ރުފިޔާގެ ފައިސާ އިނާމު ދިނެވެ.
ހަނިމާދޫ ޤުރުއާން މުބާރާތުގެ އެއްވަނަ އާކިލް އާއި އައްޔޫބުއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ