މެޗުގެ 13 ވަނަ މިނިޓްގައި އެވަޓަންގެ އިދުރީސަ ގޭ އާއި ދިފާއީ ކުޅުންތެރިޔާ މައިކަލް ކީންގެ ފަރާތުން ފެނުނީ ރުޅިވެރިކަމެވެ. އިދުރީސަގެ މޭ މަތީގައި އަތްލައި، ދެ ފަހަރަށް ކޮއްޕާލި އެވެ. އިދުރީސަ ރުޅިއައިސް ކީންގެ މޫނު މަތީގައި ޖަހަ އެވެ.
އެއް ޓީމެއްގެ ކުޅުންތެރިން ވިޔަސް ރެފްރީގެ އިންސާފު އިއްވި އެވެ. އިދުރީސައަށް ރަތް ކާޑު ދައްކާ ފޮނުވާލީ އެވެ.
ނަމަވެސް އަމިއްލަ ދަނޑުގައި މެންޗެސްޓަ ޔުނައިޓެޑްއަށް އޭގެ ފައިދާއެއް ނުނެގުނެވެ. އެވަޓަން އަތުން 1-0 އިން ބަލިވެ އިސްޖަހައިގެން ތިބެ ފޭބީ އެވެ.
މެޗުގެ ހަމައެކަނި ލަނޑު ޖެހީ 29 ވަނަ މިނިޓްގައި އެވަޓަންގެ ޑިއުސްބަރީ ހޯލް އެވެ.
މިއީ ކޯޗު ރުބެން އަމޯރީގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އަދިވެސް ހަމަޔަކަށް ނޭޅޭކަމުގެ ހެއްކެކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗު ޑޭވިޑް މޮއިސް ބުނީ ޓީމު ކުޅުންތެރިންގެ މެދުގައި އެގޮތަށް ވާދަވެރިކަން އޮންނާތީ އޭނާ އުފާވާ ކަމަށެވެ. ހަވާލުކުރާ ޒިންމާ ރަނގަޅަށް ނުނެގޭ ނަމަ އެހެން ކުޅުންތެރިންގެ ފަރާތުން އެ ހިތްހަމަނުޖެހުން ފެނި، އިހުސާސްތައް ފާޅުކުރަން ވެސް ވާނެ ކަމަށް އޭނާ ދެކެ އެވެ.
"މޮޅުވަން ބޭނުން ޓީމެއް ނަމަ އެ ހިތްވަރު ހުރި ކުޅުންތެރިން ތިބެން ވާނެ،" މޮއިސް ބުންޏެވެ.
މިއީ ޔުނައިޓެޑްގެ ދަނޑުގައި 2013ގެ ފަހުން އެވަޓަންއަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާ އެކު އެވަޓަން އާއި ޔުނައިޓެޑް ވަނީ 18 ޕޮއިންޓުން އެއްވަރުވެފަ އެވެ. ދެ ޓީމު ވެސް އޮތީ 10 ވަނައިގަ އެވެ. އެއްވެސް ޓީމަކަށް ފައިދާ ގޯލެއް ނެތެވެ.
އާސެނަލް، ކުޅުނު 12، ޕޮއިންޓް 29
ޗެލްސީ، ކުޅުނު 12، ޕޮއިންޓް 23
މެންޗެސްޓަ ސިޓީ، ކުޅުނު 12، ޕޮއިންޓް 22
އެސްޓަން ވިލާ، ކުޅުނު 12، ޕޮއިންޓް 21
ކްރިސްޓަލް ޕެލެސް، ކުޅުނު 12، ޕޮއިންޓް 20
10 ކުޅުންތެރިންނާ ދެކޮޅަށް ކުޅެގެން ވެސް ޔުނައިޓެޑް ވީ ބަލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ