އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ހޮސްޕިޓަލަށް ދާ މީހުންނަށް މަރުހަބާ ކިޔަން އިތުރު 40 މަގާމު އުފައްދައި އެ މަގާމަށް މީހުން ހޯދުމަށް އައިޖީއެމް ހޮސްޕިޓަލުން އިއުލާންކޮށްފި އެވެ.
ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔައި މަގު ދެއްކުމަށް މީގެ ކުރިން ވެސް ވަޒީފާތަކަށް ހުޅުވާލި އެވެ. ޖުލައި މަހު ހުޅުވާލީ އެފަދަ 55 މަގާމަށް ކުރިމަތިލުމަށެވެ. މިއަދު ހުޅުވާލި 40 މަގާމާއެކު އައިޖީއެޗުން އިންތިހާބާ ދިމާކޮށް 95 މީހުންނަށް ވަޒީފާ ދޭނެ އެވެ.
"ޕޭޝަނަޓް ސަޕޯޓް ކޯޑިނޭޓާ" ގެ ނަމުގައި އުފައްދާ މި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލާއި މޯލްޑިވްސް ބްލަޑް ސާވިސަސްގަ އެވެ. މިއީ ކޮންޓްރެކްޓް ވަޒީފާތަކަކެވެެ. މަހަކު 12،000ރ. ގެ މުސާރައެއް މި ވަޒީފާއަށް ހޮވޭ މީހުންނަށް ލިބޭނެ އެވެ.
މި މަގާމުގެ ޝަރުތުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ގްރޭޑް ހަތެއް ނިންމާފައިވުމާއެކު ގުޅޭ ދާއިރާއަކުން ހަތަރު އަހަރު މަސައްކަތުގެ ތަޖުރިބާ ލިބުން ހިމެނެ އެވެ.
މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 21 އެވެ.
ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމާއި ތަމްރީނުގެ އިތުރުން މަސައްކަތުގެ ތަޖުރިބާ އާއި މަގާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލުކަމާއި "އެހެނިހެން ސިފަތަކަށް" ބަލާނެ ކަމަށް އައިޖީއެމްއެޗުގެ އިއުލާނުގައި ބުނެފައި ވެ އެވެ.
އިންތިހާބަށް އާ ވަޒީފާތަކެއް އުފައްދަނީ، ހޮސްޕިޓަލަށް ދާ މީހުންނަށް މަރުހަބާ ކިޔަން 12،000ރ. ލިބޭ 40 ވަޒީފާ އިންތިހާބަށް އާ ވަޒީފާތަކެއް އުފައްދަނީ، ހޮސްޕިޓަލަށް ދާ މީހުންނަށް މަރުހަބާ ކިޔަން 12،000ރ. ލިބޭ 40 ވަޒީފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ