ދައުރު ހަމަކުރެއްވުމަށް ފަހު ބީއެމްއެލްގެ ސީއެފްއޯ ބޭންކުން ވަކިވެވަޑައިގެންފި

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ނަންދަނަ ސެނެވިރަތުނެގެ އޭނާގެ މަގާމުގެ ދައުރު ހަމަކުރުމަށް ފަހު ބީއެމްއެލް އިން މިއަދު ވަކިވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ނަންދަނަ ބީއެމްއެލްއާ ގުޅިވަޑައިގަތީ ފައިނޭންސް ޑިރެކްޓަރެއްގެ ގޮތުގައި 2014ގަ އެވެ. ސީއެފްއޯގެ މަގާމުގެ ދައުރު ހަމަވުމާ އެކު އެ މަގާމުން މިއަދު ވަކިވެވަޑައިގަތީ، 11 އަހަރު ބޭންކްގައި ހިދުމަތް ކުރެއްވުމަށް ފަހުގަ އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ފައިނޭންސްގެ ޑިވިޝަނަށް ނަންދަނަ ގެނެސްދެއްވި މުހިންމު ބަދަލުތަކަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި އެތަނުގެ ފައިނޭންސް ޑިވިޝަނުގައި މިހާރު ވެސް ދިވެހި ހަތަރު ޗާޓާޑް އެކައުންޓުން މަސައްކަތްކުރެ އެވެ. އަދި ބޭންކުގެ އޮޑިޓް ޑިޕާޓްމަންޓްގައި ދިވެހި ދެ ޗާޓާޑް އެކައުންޓަންޓުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ