އޭނާ ވެރިކަން ކޮށްައި ފައިބައިގެންދާނީ ސުވަރުގެ ދެވޭ ވަރަށް ވެރިކަން ކޮށްފައި ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު އެހެން ވިދާޅުވީ, މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރުމަށް ސަލްޓަން ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ވެރިކަން ކުރުމުގައި އިސްލާމީ ޝަރީއަތުގައި ހިފާ ގުރުއާނުގައި ހުރިގޮތަށް އަމަލު ކުރާނެ ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ އުންސުރަށް ކަމަށްވެސް ވިދާޅުވި އެވެ.
“ތިބޭފުޅުން ކުރިމަތީގައި އަޅުގަނޑު ހުއްޓި މިއަދު މިހުރީ އަޅުގަނޑު އިސްލާމީ ޝަރީއަތުގައި ހިފާ އެގުރުއާނުގައި ހުރިގޮތަށް އަމަލު ކުރާނެ ވާހަކަ ދަންނަވަން. ވެރިކަންކޮށްފައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނީ ސުވަރުގެއަށް ދެވޭ ވަރަށް” އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވަނީ އޭނާގެ ވެރިކަމެއްގައި ކޮރަޕްޝަން ފުނޑާލައި، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ވެރިކަމުން ފައިބާނީ ސުވަރުގެ ދެވޭ ވަރަށް ވެރިކަން ކޮށްފައި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ